Ads by
ޚަބަރު
މާވެޔޮ މިސްކިތް ކައިރީ ހުރި ޓްރާންސްފޯމަރު ނަގަނީ

ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ މަޤާމާއި ހަވާލުވިތާ ގަޑިއެއްހާއިރު ތެރޭ، މަސައްކަތް ފަށްޓަވާފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

Ads by Eki Online

ސްޓެލްކޯއިން ވިދާޅުވީ މަގާމާއި ހަވާލުވެވަޑައިގެންނެވިތާ ގަޑިއިރެއް ތެރޭ ރައްޔިތުންނަށް ތަކުލީފަކަށްވެފައިވާ މާވެޔޮ މިސްކިތް ހުންނަ ސަރަހައްދުގައި މަގުމަތީގައި ބަހައްޓާފައިވާ ޓްރާންސްފޯމަރު މި އަހަރު ނިމުމުގެ ކުރިން ނަގާނެ ކަމުގެ ޔަގީންކަން ފަހުމީ ދެއްވާފައިވާ ކަމަށެވެ.

ފަހުމީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ދެއްވަމުންގެންދަވާ އެންމެ ބޮޑު އަހައްމިއްޔަތު ކަމަކީ ރައްޔިތުންނަށް ލުއި ފަސޭހަގޮތްތައް ހޯދައިދިނުން ކަމަށެވެ.

އަދި މިއަދު މި ޓްރާންސްފޯމަރު މަގުމަތިން ނެގުމުގެ މަސައްކަތް ފަށާއިރު މިއަހަރު ނިމުމުގެ ކުރިން އެ ޓްރާންސްފޯމަރު މަގުމަތިން ނަގައި، އެ މަގު ބޭނުން ކުރާ ފަރާތްތަކަށް އެކަމުގެ ލުއިފަސޭހަތަކެއް ހޯދަވައިދެއްވާނެ ކަމުގެ ޔަގީންކަންދޭ ކަމަށް ފަހުމީ ވިދާޅުވިއެެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *