Ads by
ޚަބަރު
ބީއެމްއެލް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ފައިސާ ނެގޭ އަދަދު ބޮޑުކުރުމަށް މަޝްވަރާކުރަނީ

ރާއްޖެއިން ބޭރުގައި ބީއެމްއެލް މެދުވެރިކޮށް ފައިސާ ނެގޭ އަދަދަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

Ads by Eki Online

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތުރުކީވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޚާއްޞަ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ތުރުކީވިލާތުގެ ނޭޝަންސް ލައިބްރަރީގައެވެ.

އެ ބައްދަލުވުމުގައި ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ގާއިމްކުރުމަށް އެގައުމާއި މަޝްވަރާކުރައްވާނެކަމަށާއި ރާއްޖެއިން ބޭރުގައި ބީއެމްއެލްގެ އެކައުންޓްތަކުން ފައިސާ ނެގޭ ވަރު ލިމިޓްކޮށްފައި އޮތުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯއްދަވާނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

‏މީގެ އިތުރުން ތަމްރީނާއި ސްކޮލަޝިޕް ފުރުސަތުތައް ދިވެހިންނަށް އިތުރަށް ފަހިކޮށްދެއްވާނެކަމަށް ވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޑރ. މުޢިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރުގައި ފައިސާ ނެގޭ ލިމިޓް މަތިކޮށްދީ އެކަމަށް ފަސޭހަ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *