Ads by
ޚަބަރު
ބްރޯޑްކޮމް އާއި އެމްއެމްސީގެ މެންބަރުންނާ ރައީސް އޮފީހުން ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން، އިބްރާހީމް ޚަލީލް، ރާއްޖޭގެ ބްރޯޑްކާސްޓިންގް ކޮމިޝަނާއި، މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންނާއެކު ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފިއެވެ.

Ads by Eki Online

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ވަނީ ބްރޯޑްކާސްޓިން ކޮމިޝަނާއި، މޯލްޑިވްސް މީޑިއާ ކައުންސިލުން މީޑިއާގެ ކަންކަން ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކާއި، މި ދާއިރާ ގައި ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ.

އެގޮތުން ބައްދަލުވުމުގެ ބައިވެރިން ވަނީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މީޑިއާއާ ގުޅޭ ލީގަލް ރީފޯމް ހުއްޓިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުގެ އެހީތެރިކަމާއެކު މީޑިއާތަކުގައި މަސައްކަތްކުރާ މީހުން ބިނާކުރުމަށް ބޭނުންވާކަމާއި، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ޤާނޫނަށް އިސްލާހު ގެންނަން ޖެހޭކަން އެބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ބްރޯޑްކާސްޓިންގް ކޮމިޝަނާއި، މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް ކަމުގައިވާ ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ވަކި މިންވަރެއް ދިނުމަށް ކަނޑައެޅުމަށް ވެވެޑައިގެންނެވި ވަޢުދާއި، މީޑިއާގެ ޢިލްމީ ޖީލެއް ބިނާކުރުމަށާއި، މީޑިއާ ވިލެޖެއް ޤާއިމުކުރުމަށް ވެވެޑައިގެންނެވި ވަޢުދަށް މަރުހަބާ ކިޔުއްވައި އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިތާ 10 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުން މިވަނީ ރާއްޖޭގެ މީޑިއާގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *