Sunday, 25 October 2026
Ads by

ހީނަރުވެފައިވާ ގުޅުންތައް ބަދަހިކުރުމަށް އިސްކަންދޭންވީ މިކަންތައްތަކަށް!

ހީނަރުވެފައިވާ ގުޅުންތައް ބަދަހިކުރުމަށް އިސްކަންދޭންވީ މިކަންތައްތަކަށް!

އާއިލީ މީހުންނާއި، ގާތް އެކުވެރީންނާއި، ވަޒީފާގެ މާހަޢުލުގައި ވެސް ދޭދޭ ފަރުދުންގެ ދެމެދުގައި ޖެހޭ މައްސަލަތައް ގިނަވެ، މުސްލިމުންގެ މެދުގައި އޮންނަން ޖެހޭ އެއްބައިވަންތަކަމުގެ ރީތި ސިފަ އަދުގެ މުޖްތަމަޢުތަކުން ނެތިގެންދާކަމީ ދެކޮޅުނުޖެހޭނެ ހަޤީޤަތެކެވެ. މިފަދަ މައްސަލަތައް ދިމާވާން މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެކަކު އަނެކަކަށް އިޚްތިރާމްނުކުރުމާއި، މަސައްކަތުގެ މާހަޢުލުގައި ފަރުވާކުޑަކުރުމާއި، ޢީބަބުނުމާއި ފުރައްސާރަކުރުމާއި، ދޮގުހެދުން ހިމެނެއެވެ. މިފަދަ ނުބައި ޢަމަލުތަކުގެ ސަބަބުން މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އުޚްވަތްތެރިކަމުގެ ރީތީ ސިފަ ނެތިގެންގޮސް މުޖްތަމަޢުގައި ފިތުނަފަސާދަ އުފެދުމަށް މަގުފައިވެއެވެ.

Ad Image
Ads by

އެއްބައިވަންތަ މުޖްތަމަޢެއް ބިނާކުރުމަށްޓަކައި ސަމާލުކަންދޭންވީ އެންމެ މުހިންމު އެއްކަމަކީ ރިވެތި ބަހުން މުޢާމަލާތް ކުރުމަށް އާދަކުރުމެވެ. އެގޮތުން، ވާހަކަ ދެއްކުމުގައި އެބަޔަކަށް އެކަށޭނެ ބަސްމަގެއް އިޚްތިޔާރުކުރުން މުހިންމެވެ. ހަމައެގޮތަށް، ވާހަކަ ދެއްކުމުގައި މަޑުމައިތިރިކަމާއި، އޯގާތެރިކަމާއިއެކު ވާހަކަދެއްކުމަށް ސަމާލުކަންދޭންޖެހެއެވެ. ހަމައެހެންމެ އަޑުއަހާ މީހާއަށް ބުަނަން ބޭނުންވާ ވާހަކަ ސާފުވާނެހެން ސާދާ އިބާރާތުން ވާހަކަ ދެއްކުން މުހިންމެވެ.

ރިވެތި ބަހުން މުޢާމަލާތް ކުރުމުގެ އިތުރުން ހީނަރުވެފައިވާ ގުޅުންތައް ބަދަހި ކުރުމަށްޓަކައި އެކަކު އަނެކަކަށް އެހީތެރިވެ، އިޚްތިރާމުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. މުޖްތަމަޢުގެ ހަމަޖެހުން ދެމެހެއްޓުމަށް ޓަކައި ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވުން މުހިންމެވެ. ކުރާ ކޮންމެ ކަމެއްވެސް އެމީހަކަށް ވީ އެންމެ ފުރިހަމައަށް ކުރުމަށް ސަމާލުކަން ދޭންޖެހެއެވެ. އަމާ ބުނީތީ ފަރަށް ދާ އުސޫލުން ކަންކަން ނުކުރާށެވެ. ހަމައެފަދައިން ތިމާއަށް ވުރެ ބޮޑެތި މީހުންނަށް އިޚުތިރާމުކޮށް ކުޑަކުދިންނަށް އޯގާތެރިވުން މުހިންމެވެ.

މިގޮތައް ޢަމަލުތައް ބައްޓަން ކޮއްފިނަމަ ދޭދޭ ފަރުދުންގެ މެދުގައި ޖެހޭ މައްސަލަައް މަދުވެ، މުޖްތަމަޢަށް ދިމާވެފައިވާ ތަފާތު މައްސަލަތަކުން މުޖްތަމަޢު ރައްކާތެރިކުރެވޭނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި