Ads by
ޚަބަރު
މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ދިގުދަންމާލައިފި

ރައްޔިތުން މަޖިލީހުގެ މި ހިނގާ މިއަހަރުގެ ފަހު ދައުރު އަންނަ މަހުގެ 7 ވަނަދުވަހުގެ ނިޔަލަށް ދަންމާލަން މަޖިލީހުން ފާސްކޮށްފިއެވެ.

Ads by Eki Online

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ މިގޮތަށް ނިންމާފައިވަނީ މިދައުރުގެ މުހިއްމު މަސައްކަތްތަކެއް ނުނިމި ހުރުމުން ކަމަށާއި މި ދައުރު ނިމުން ކައިރިވެފައިވާއިރު އެ މަސައްކަތްތައް ނުނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިއާއެކު ދައުރު ދިގުދަންމާލަން މިއަދުގެ މަޖިލިސް ޖަލްސާގައި ނެގި ވޮޓުން ދައުރު ދަންމާލަން މަޖިލީހުން ފާސްކުރީ ޖަލްސާގައި ބައިވެރިވެޑައިގެންނެވި 63 މެމްބަރުންގެ ތެރެއިން 51 މެމްބަރުންގެ ތާއީދާއެކުއެވެ. ދައުރު ދަންމާލަން ނުފެންނަކަމަށް އެއް މެމްބަރަކު ވޯޓް ދެއްވިއިރު ވަކިގޮތަކަށް ވޯޓް ނުދެއްވާ 6 މެމްބަރަކު ތިއްބެވިއެވެ.

މަޖިލީހުގައި މިހާރު ހުރި މަސައްކަތްތަކުގެ ތެރޭގައި އެންމެ މުހިއްމު ކަމަކަށް އޮތީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރުމާއި އައު ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުން ދިނުމުގެ މައްސަލައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *