Thursday, 8 October 2026
Ads by

އުޚްވަތްތެރިކަން ދަމަހައްޓާށެވެ. މި ގުޅުން ހީނަރުވެގެންދިޔަ ނުދޭށެވެ.

އުޚްވަތްތެރިކަން ދަމަހައްޓާށެވެ. މި ގުޅުން ހީނަރުވެގެންދިޔަ ނުދޭށެވެ.

އުޚްވަތްތެރިކަމަކީ ދެމީހެއްގެ ނުވަތަ ބައެއްގެ މެދުގައި އޮންނަ ވަރުގަދަ ގުޅުމެކެވެ. މުޖްތަމަޢުގެ ހަމަޖެހުން އޮތީ އުޚްވަތްތެރިކަމާއެކުގައެވެ. މުސްލިމުންނަށް ހައިބަތާއި ޤަދަރު، އާރާއި ބާރު އަދި ޝަރަފު ލިބޭނީ އުޚްވަތްތެރި ބައެއްގެ ގޮތުގައި ތިބެގެންނެވެ. ކަން މިހެން އޮތުމުގެ ސަބަބުން އުޚްވަތްތެރިކަން ދެމެހެއްޓުމަކީ އިސްލާމް ދީނުގައި ވެސް ނުހަނު ބާރުއަޅުއްވާފައިވާ ކަމެކެވެ. އުޚްވަތްތެރިކަމުގެ ގުޅުން ދެމެހެއްޓުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ.

Ad Image
Ads by

އުޚްވަތްތެރިކަން ދެމެހެއްޓޭނެ ގޮތްތަށް ބައިވަރެވެ. އެގޮތުން، އަނެކުންނާ ދޭތެރޭ ތިމާގެ ހިތް ސާފުކޮށް ބެހެއްޓުމާއި، އެކަކު އަނެކަކާ މެދު ހިތުގައި އުފެދޭ ހަސަދަވެރިކަމާއި ނަފުރަތުން ދުރުހެލިވާށެވެ. އަދި އަނެކުންގެ ކިބައިން ތިމާ ނުރުހޭ ސިފައެއް ފެނުނަސް ކެތްތެރިވެ، ނަސޭހަތްދޭންޖެހޭ ފަދަ ކަންކަމުގައި ރިވެތި ގޮތުގައި ނަސޭހަތްދޭށެވެ. މިއީ އުޚްވަތްތެރިކަން ދެމެހެއްޓޭނެ ފަސޭހަ ދެގޮތެކެވެ.

މީގެ އިތުރުން އަނެކާގެ ފަރާތުން ދިމާވާ ނޭދެވޭ ކަމެއްގެ ބަދަލުގައި ތިމާގެ ފަރާތުން ކަނޑައަޅާ މޮޓޯ އަކީ މި ބަސް ކަމުގައި ހަދާށެވެ. ”ރަނގަޅު ކަންތަކާއި، ނުބައި ކަންތައް ހަމަހަމަވެގެނެއް ނުވެއެވެ. އެންމެހެޔޮ، ރިވެތި ގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ! ފަހެ،އޭރުން ތިބާއާ އެމީހަކާ ދެމެދުގައި ދެކޮޅުވެރިކަމެއްވާ މީހާ، ގާތް ރަޙްމަތްތެރިޔަކު ފަދައިން ވެދާނެތެވެ.“ (ސޫރަތުލް ފުއްސިލަތް ގެ 34 ވަނަ އާޔަތުގެ މާނަ)

މުސްލިމުންގެ އަޚްވަންތަކަން ބަލިކަށުވެފައި އޮތުމުގެ ސަބަބުން ބައިނަލްއަޤްވާމީ ގޮތުން ބަލާއިރު އެމީހުންނަކީ ހައިބަތާއި ޤަދަރު ގެއްލިފައިވާ އާރެއް، ބާރެއް ނެތް ބައެކެވެ. ދިވެހި މުޖްތަމަޢަށް ދިމާވެފައިވާ ތަފާތު ނުރައްކާތެރި އެތައް މައްސަލަތަކުގެވެސް މައިގަނޑު އެއް ހައްލަކީ އިސްލާމީ އުޚުއްވަތްތެރިކަން ބަދަހި ކުރުމެވެ. ބަދަހިކޮށް އަތުރާލެވިފައިވާ ގާތަކުން ބިނާއަށް ބާރުދޭ ފަދައިން އުޚުއްވަތްތެރިކަމުން އިސްލާމީ މުޖްތަމަޢު ވަރުގަދަ ކޮށްދެއެވެ. ކަންމިހެން އޮތުމުގެ ސަބަބުން ކޮންމެ ފަރުދަކީ ވެސް ފަރުދީ ޒިންމާ އަދާ ކުރާ މީހަކަށް ވަމާތޯއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-08T135557
ސޯސަންމަގުގައި ހިންގި އެކްސިޑެންޓުގައި އިމިގްރޭޝަން އޮފިސަރު މަރުވި މައްސަލައިގައި ލައިސަންސް ނެތް ޒުވާނާ ބަންދުކޮށްފި
download - 2026-10-07T221050
20 ބިލިއަން ޑޮލަރުގެ ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދާ އީގަލް ހިލްސްގެ ޗެއާމަން އަލާއްބާރު ރާއްޖެ ވަޑައިގެންފި
big_ZinVy9dL1ondaGRbLXAopj4K9
ކައުންސިލްތަކަށް ދޫކުރި ބްލޮކް ގްރާންޓް 12 އިންސައްތަ އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް އަރައިފި
20261008_080232
65 އަހަރު ފަހުން އެމެރިކާގައި މަރުގެ ޙުކުމް: ޢަދަބު ދެނީ މުސްލިމް ޤައުމުތަކުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކާ ދެކޮޅުވެ 13 އެމެރިކާ ސިފައިން މަރާލި ނިދާލަށް
Ads by
މަގުބޫލު
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ