Ads by
ޚަބަރު
އިމިގްރޭޝަނުން އީ-ގޭޓްގެ ޚިދުމަތް ބޭނުންކުރަން ފަށައިފި

މޯލްޑިވްސް އިމިގްރޭޝަނުން “އީ-ގޭޓް”ގެ ޚިދުމަތް އަލުން ފަށައިފިއެވެ.

Ads by Eki Online

އިމިގްރޭޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދިވެހިންނަށް ފަސޭހަކަމާއެކު ‘ސީމްލެސް ޓްރެވަލް’ ގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ‘އީ-ގޭޓް’ ގެ ޚިދުމަތް އަލުން ފަށާފައިވާ ކަމަށެވެ.

އީ-ގޭޓް ބޭނުންކުރުމަށް ފުރަތަމަ ބޯޑިން ޕާހުގައިވާ ބާކޯޑު ސްކޭނަރގައި ޖައްސާ ރީޑުކޮށް ޕާސްޕޯޓުގެ ބަޔޯޑާޓާ ޕޭޖް ސްކޭނަރގައި ޖައްސާ ރީޑްކޮށްލާނީއެވެ. އަދި ޕާސްޕޯޓާއި ހަވާލުވި ވަގުތު ވެރިފިކޭޝަނަށް ނަގާފައިވާ އިނގިލި ފިންގަރޕްރިންޓް ރީޑަރުގައި ޖެއްސުމުން ގޭޓު ހުޅުވޭނެއެވެ.
މީގެ ކުރިންވެސް އީ-ގޭޓްގެ ހިދުމަތް ވަނީ ދީފައެވެ. ނަމަވެސް ކޮވިށް-19އާއި ގުޅިގެން އެ ހިދުމަތް ދިނުން ވަަނީ މެދުކަނޑާލާފައެވެ.

އީ-ގޭޓްގެ ހިދުމަތް އަލުން ފަށާފައިވާއިރު “އިމުގާ” ޓްރެވެލާ ޑިކްލެރޭޝަން ފޯމު ފުރިހަމަ ކުރަން ނުޖެހޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *