Ads by
ޚަބަރު
ކުރީގެ ޓްވީޓްތަކުގެ މައްސަލައިގައި ސްޓޭޓް މިނިސްޓަރ ލުބްނާ މަޢާފަށް އެދިއްޖެ
ފޮޓޯ: ރައީސް އޮފީސް

އިސްލާމްދީނަށް ފުރައްސާރަ ވާ ގޮތަށް މީގެ ކުރިން ކޮށްފައިވާ ޓްވީޓުތަކެއް ފެންމަތިވެ ރައްޔިތުންގެ ފާޑުކިޔުން އަމާޒުވުމުން، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ލުބްނާ ޒުހެއިރު މަޢާފަށް އެދިއްޖެއެވެ.

Ads by Eki Online

އެކްސް (ޓްވިޓަރ)ގައި ކުރެއްވި ޕޯސްޓެއްގައި ލުބްނާ ވިދާޅުވީ، 8 އަހަރު ކުރިން 2015 ވަނަ އަހަރުގައި އޭނާ އެފަދަ ޓްވީޓުތަކެއް ކުރެއްވީ ދީނަށް ހަޖޫ ޖެހުން ފަދަ ނިޔަތެއްގައި ނޫން ކަމަށާއި، އެ ޓްވީޓުތަކުގެ ސަބަބުން އެއްވެސް މީހަކަށް އަސަރުކޮށްފައިވާނަމަ، އެކަމަށް މަޢާފަށް އެދޭ ކަމަށެވެ.

އަދި މީގެ އޮތުރުން ލުބްނާ ވިދާޅުވީ އޭނާ އަކީ ދީނުގައި ސާބިތުވެ ހުންނެވި ބޭފުޅެއް ކަމަށާއި، އޭނާ އަށާއި އެހެން މީހުންނަށް ތެދު މަގު ދެއްކެވުން އެދޭ ކަމަށް ވެސް ޕޯސްޓުގައިވެއެވެ.

ލުބްނާ މީގެ ކުރިން ކޮށްފައިވާ ޓްވީޓުތަކެއްގައި ފިރިހެނުންނަށް ގިނަ އަންހެނުންނާއި ކައިވެނި ކުރުން ހުއްދަ ކުރެއްވުމާއި، ސުވަރުގެއިން ގިނަ ކަނބަލުން ލިބޭނެ ކަމަށް އަންގަވައިފައިވާ އެންގެވުމަށް ވަނީ ހަޖޫ ޖަހައިފައެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *