Ads by
ޚަބަރު
ރައީސް ޔާމީން އުފައްދަވާ ޕީއެންއެފްގެ މުއައްސިސަކީ ދަރިކަލުން ޒޭން
ފޮޓޯ: މީސް މީޑިޔާ

ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް އުފައްދަވާ އާ ސިޔާސީ ޕާޓީ, ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް މުވައްސިސެއްގެ ގޮތުގައި ދަރިކަލުން ޒޭން އަބްދުﷲ ޔާމީންގެ ނަންފުޅު ހުށަހަޅުއްވައިފިއެވެ.

Ads by Eki Online

އެ ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ވަނީ ފޯމު ހުށަހަޅާފައެވެ.

އެ ޕާޓީގެ މުއްސިސުންގެ ގޮތުގައި ދަރިކަލުން ޒޭން އަބްދުﷲ ޔާމީން، ރައީސް ޔާމީން، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު، ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު، ކުރީގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ، އަދްލީ އިސްމާއިލް، ޑރ. އަބްދުﷲ ޖިހާދު އަދި އަލީ އާދަމްގެ ނަން ވަނީ ހިމަނާފައެވެ.

ނަމަވެސް ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދެނީ އެންމެ ބޭފުޅަކަށް ކަމުން މަޝްވަރާ ކުރުމަށް ފަހު ނިންމެވީ ޕާޓީގެ މުއައްސިސްކަން ދަރިކަލުން ޒޭނަށް ދިނުމަށެވެ.

ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ ދުރަށް ޖެހިވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ޕާޓީއެއް އުފައްދަވަން ނިންމާފައިވާ ކަމަށް އިއުލާން ކުރެއްވީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *