Ads by
ޚަބަރު
ރައީސް ޔާމީންގެ އައު ޕާޓީ: ނަމަކީ ޕީޕަލްސް ނޭޝަނަލް ފްރޮންޓް އަދި ކުލައަކީ ދަނބު ކުލަ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފައްދަވާ އައު ޕާޓީގެ ނަމަކަށް ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އަދި ޕާޓީގެ ކުލައަކަށް ދަނބު ކުލަ ހަމަޖައްސައިފިއެވެ.

Ads by Eki Online

އެ ޕާޓީގެ ލޯގޯ އާއްމުކޮށް އެކްސް(ޓްވިޓަރ) ހޭންޑަލް ވެސް ވަނީ ހަދައިފައެވެ. އެކްސް ހޭންޑަލް އަށް 3000 އަށްވުރެ ގިނަ ފޮލޮވާސްވެސް ވަނީ މިހާތަނަށް ލިބިފައެވެ

ޔާމީން އައު ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވީ ޕީޕީއެމް، ޕީއެންސީގެ ތެރޭގައި އުފެދުނު މައްސަލަތަކާއެކު އެ ޕާޓީން ވަކިވެޑައިގެންނެވުމަށްފަހުއެވެ. އެ ގޮތުން މީގެ ދެ ދުވަސް ކުރިން އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ޗެނަލް 13އަށް ދެއްވި އިންޓަވިއުއެއްގައި އެ ކަން ވަނީ އިއުލާންކުރައްވައިފައެވެ.

އެގޮތުން ޖަމީލު ފާހަގަކުރެއްވި ގޮތުގައި، އިންތިޚާބު ކާމިޔާބުވީ ފަހުން ލީޑާޝިޕުގެ އެއްވެސް ބޭފުޅެއް، ޚާއްސަކޮށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ނުފެނެއެވެ.

އައު ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވަނީ ޖަމީލުއާއި މަލީހުއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *