Ads by
ޚަބަރު
ޑރ. ޖަމީލު ވެސް ޕީޕީއެމް ވަކިވެއްޖެ
ފޮޓޯ؛ މީސް މީޑިޔާ

ކުރީގެ ނައިބު ރައީސް  އަދި ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު ޕީޕީއެމް އިން ވަކިވެއްޖެއެވެ.

Ads by Eki Online

ޑރ. ޖަމީލު ޕީޕީއެމްއިން ވަކިވެ ވަޑައިއިރު, ރައީސް ޔާމީން ވެސް ވަނީ އެ ޕާޓީން ދުރަށް ވަޑައިގެންފައިއެވެ.

ރޭ އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ޕީޕީއެމްގެ އެތެރޭގައި ކަން ހިނގައިދިޔަ ގޮތް އެންމެނަށްވެސް އެނގެންޖެހޭ ކަމަށާއި، ޕީޕީއެމްގެ އެތެރޭގައި ވެފައިވަނީ ހީނުކުރާ ވަރުގެ ބޭވަފާތެރިކަމެއް ކަމުގައެވެ.

ޕީޕީއެމްގެ ރައީސްކަމުން ރައީސް ޔާމިން ވަކިވެވަޑައިގެން އައު ޕާޓީއެއް އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ޕީޕީއެމްގެ ލީޑަރޝިޕް އެކީކަހަލަ ގޮތަކަށް މިހާރުވަނީ ރައީސް ޑރ. މުޢިއްޒުއަށް ބައިއަަތު ހިފާފައެވެ. އެގޮތުން ސަރުކާރުގެ އިސް މަގާމްތަކުގަ ތިއްބެވި ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުން މިހާރު ގެންދަވަނީ ރައީސް މުޢިއްޒުއަށް ތާއީދުކުރާކަން ހާމަކޮށް ޓުވީޓު ކުރައްވަމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *