Ads by
ޚަބަރު
ޕީޕީއެމްގެ މައި އޮފީސް ހުސްކުރަން އަންގައިފި
ހ. ހުރަފާގައި ހުންނަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ އޮފީސް.. ފޮޓޯ: އެޑިޝަން އެމްވީ

ހ. ހުރަފާގައި ޕީޕީއެމުން ހިންގަމުން އައި މައި އޮފީސް ހުސްކުރަން އަންގައިފިއެވެ.

Ads by Eki Online

ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާފައިވާ ސްޓިއަރިން ކޮމިޓީގައި އިސްކޮށް ހުންނެވި ކުރީގެ މިނިސްޓަރު މަލީހް ޖަމާލް ވިދާޅުވީ އެއް ދުވަހުގެ ތެރޭގައި އެ އޮފީސް ހުސްކުރަން ތަނުގެ ވެރިފަރާތުން އަންގާފައިވާ ކަމަށެވެ.

ގޭގެ ވެރިފަރާތުން ފޮނުވި ސިޓީގައި ބުނެފައި ވަނީ ކުއްޔަށް ދޫކުރެެވިފައިވާ ތަނުގައި މިހާރު ޕީޕީއެމްގެ އޮފީހެއް ހިންގަމުން އަންނަކަން ފާހަކަކުރެވިފައިވާ ކަމަށާއި ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމައި، މިއަދުގެ މެންދުރުގެ ކުރިން ތަން ހުސްކޮށް ހަވާލު ކުރުން އެދޭ ކަމަށެވެ.

ޕީޕީއެމްގެ އޮފީސް ހިންގަމުން އައި އިމާރާތް ހުސްކުރުމަށް އަންގާފައިވާއިރު، ޕީޕީއެމްއާއި ޚިޔާލު ތަފާތުވެ، ރައީސް ޔާމިންވަނީ އެ ޕާޓީ ދޫކޮށް އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައެވެ.

ރައީސް ޔާމިން ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީ ހިންގަން އެމަނިކުފާނު ސްޓިއަރިން ކޮމިޓީއެއް ހަމަޖެއްސެވުމާއި ގުޅިގެން ޕާޓީގެ އެތެރެ ހޫނުވުމާއި ގުޅިގެންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *