Ads by
ޚަބަރު
ޒައިދުގެ ސުވާލެއް: ވެރިކަން ކުރައްވަން ޖެހެނީ ހަމައެކަނި ރައީސް ޔާމީންތޯ؟

ވެރިކަން ކުރައްވަން ޖެހެނީ ހަމައެކަނި ރައީސް ޔާމީން ތޯ ދީނީ ޢިލްމުވެރިޔާ ޝެއިޚު ޢަލީ ޒައިދު ސުވާލު ކުރައްވައިފިއެވެ.

Ads by Eki Online

އެކްސްގައި ޒައިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެހެން މީހަކު ވެރިކަން ކުރާތަން ބެއްލެވުމެއް ނެތީތޯ ރައީސް ޔާމީނާއި ސުވާލުކޮށްފައެެވެ. އަދި ޤައުމު އަބަދު ސިޔާސީ ހަލަބޮލިކަމެއްގައި އޮންނަން ނުޖެހޭ ކަމަށް ޒައިދު ވިދާޅުވިއެވެ

“ރައްޔިތުން ބޭފުޅަކާއި ވެރިކަން ޙަވާުލުކުރުމަކީ ވެސް ކެތްފުޅު ކުރެއްވޭވަރު ކަމަކަށް ނުވަނީތޯ؟ ހަމަ އަޖާއިބު! ގައުމު އަބަދު ސިޔާސީ ހަލަބޮލިކަމެއްގައި އޮންނާކަށް ނުޖެހޭ” ޒައިދު ވިދާޅުވިއެވެ.

ޒައިދު މިފަދައިން ވިދާޅުވެފައިވަނީ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ ދުރަށް ޖެހިވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ޕާޓީއެއް އުފައްދަވަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ޔާމިން ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީ ހިންގަން އެމަނިކުފާނު ސްޓިއަރިން ކޮމިޓީއެއް ހަމަޖެއްސެވުމާއި ގުޅިގެން ޕާޓީގެ އެތެރެ ހޫނުވުމާއި ގުޅިގެންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *