Ads by
ޚަބަރު
ބަޔަކު ޕީޕީއެމް އެތެރޭގައި ބޮޑު ބަޢާވާތެއްކޮށްފި: ޖަމީލް

ޕީޕީއެމްގެ އެތެރޭގައި ބަޔަކު ވަރަށް ބޮޑު ބަޢާވާތެއް ކޮށްފި ކަމުގައި، ރައީސް ޔާމިން އުފައްދަވާ އައު ޕާޓީ އުފެއްދެވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަމުންދާ ކުރީގެ ނާއިބު ރައީސް އަދި ރައީސއ ޔާމީންގެ ވަކީލު ޑރ. ޖަމީލް ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރޭ އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ޕީޕީއެމްގެ އެތެރޭގައި ކަން ހިނގައިދިޔަ ގޮތް އެންމެނަށްވެސް އެނގެންޖެހޭ ކަމަށާއި، ޕީޕީއެމްގެ އެތެރޭގައި ވެފައިވަނީ ހީނުކުރާ ވަރުގެ ބޭވަފާތެރިކަމެއްކަމުގައެވެ.

އަދި ރޭގެ އިންޓަރވިއުގައި ޑރ. ޖަމީލް ވިދާޅުވީ ފާއިތުވެދިޔަ މުއްދަތުގައި ރައީސް ޔާމިން ގުޅުއްވައިގެން ރައީސް ޑރ. މުޢިއްޒު ފޯން ނުނަންގަވާ ކަމަށާއި، ރައީސް މުޢިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ އަބުދުއްރަހީމް ވިދާޅުވާހާ ގޮތަކަށް ކަމުގައެވެ.

ރައީސް ޔާމިން ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީ ހިންގަން އެމަނިކުފާނު ސްޓިއަރިން ކޮމިޓީއެއް ހަމަޖެއްސެވުމާއި ގުޅިގެން ޕާޓީގެ އެތެރެ ހޫނުވެ އެ މަސައްކަތުގައި އުޅުއްވި ބައެއް ފަރާތްތައް ޕާޓީ ކަނޑާލުމަށް ޕީޕީއެމްއިން ނިންމާފައި ވަނިކޮށެވެ.

ޕީޕީއެމްގެ ރައީސްކަމުން ރައީސް ޔާމިން ވަކިވެވަޑައިގެން، އައު ޕާޓީއެއް އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ޕީޕީއެމްގެ ލީޑަރޝިޕް ގިނަ މެންބަރުން މިހާރުވަނީ ރައީސް ޑރ. މުޢިއްޒުއަށް ބައިއަަތު ހިފާފައެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ހުސޭނުބެ3 މަސް ކުރިން

ޔާމީނުގެ ފަހަތުން ނަޝީދުގެ ފަހަތުން ދިޔަވަރުގެ މީހުންކޮޅެއްވެސް ނުދާނެއެވެ. އެދެމީހުންވެސް އެތިބީ ހަލާކުވެފައެވެ. ދެމީހުނަށްވެސް ޖެހުނީ އެއް ބައްޔެކެވެ. ވެރިކަން ގެއްލުނީމާ ހަޖަމު ނުވީއެވެ. ވެރިކަމަކީ ބަދަލުވަމުން ދައުރުވަމުންދާ އެއްޗެއްކަން ގަބޫލު ނުކުރެވުނީއެވެ.

0
0