Ads by
ޚަބަރު
ރައީސް ޑރ. މުޢިއްޒު އިސްކުރައްވާނީ ރައްޔިތުންގެ މަސްލަޙަތު, އެމަނިކުފާނާއެކު ސާބިތުވެ ހުންނާނަން: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްކުރައްވާނީ ރައްޔިތުންގެ މަސްލަޙަތު ކަމަށާއި އެމަނިކުފާނާއެކު ސާބިތުވެ ހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

Ads by Eki Online

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ ރައްޔިތުން އިޚްތިޔާރުކުރެއްވީ ރައީސް ޑރ. މުޢިއްޒުގެ ތަސައްވުރު ކަމަށާއި އެމަނިކުފާނު އިސްކުރައްވާނީ ރައްޔިތުންގެ މަސްލަޙަތު ކަމަށެވެ.

“ވީމާ މި ވެރިކަމަކީ ރައްޔިތުންނަށް ލާބަޔާ މަންފާހުރި ނަފާވެރި ވެރިކަމަކަށް ހެދުމަށް އެމަނިކުފާނާއެކު ސާބިތުވެ ހުންނާނެކަމުގެ ޔަޤީންކަން އަރުވަން” ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވެފައިވަނީ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ ދުރަށް ޖެހިވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ޕާޓީއެއް އުފައްދަވަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ޔާމިން ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީ ހިންގަން އެމަނިކުފާނު ސްޓިއަރިން ކޮމިޓީއެއް ހަމަޖެއްސެވުމާއި ގުޅިގެން ޕާޓީގެ އެތެރެ ހޫނުވުމާއި ގުޅިގެންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *