Ads by
ޚަބަރު
ޕީޕީއެމް/ޕީއެންސީ އަކީ އެންމެ ފުރަތަމަ ޤައުމު އިސްކުރާ ދެ ޕާޓީ : އަބްދުއްރަހީމް

ޕީޕީއެމް/ޕީއެންސީ އަކީ އެންމެ ފުރަތަމަ ޤައުމު އިސްކުރާ ދެ ޕާޓީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Eki Online

ދެންމެ އެކްސްގައި ކުރެއްވި އަބްދުއްރަހީމް ވިދާޅިވީ ރައީސް ޑރ. މުޢިއްޒާއިއެކު ސާބިތުވެ ތިއްބެވިކަމަށެވެ. އަދި ޑރ. މުޢިއްޒުގެ ސަރުކާރު ވެގެންދާނީ ދިވެހި ޤައުމާއި ރައްޔިތުންނަށް އުފާފާގަތިކަން ގެނެސް ދޭނެ ސަރުކާރަކަށްކަމަށެވެ.

އަޅުގަނޑުމެން މިތިބީ ދިވެހި ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ރައީސް ޑރ. މުޢިއްޒާއި އެކު ފިސާރި ސާބިތުވެ.

އަބްދުއްރަހީމް

އަދި ފަސް އެނބުރި ބެލުމެއްނެތި ދާނީ ކުރިއަށްކަމަށް  އަބްދުއްރަހީމް ވިދާޅުވިއެވެ.


އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ވެސް އެންމެ ރަނގަޅު ގޮތަކީ ރައީސް މުއިއްޒުގެ ސަރުކާރާ އެކު ސާބިތުވެ ތިބުންކަމަށެވެ.

ފާއިތުވެދިޔަ ފަސް އަހަރު ރައީސް ޔާމީން ޖަލުގައި ހުރުމުގެ ސަބަބުން އަބްދުއްރަހީމް ހުންނެވީ ޕީޕީއެމް/ޕީއެންސީގެ އިސް ލީޑަރެއްގޮތުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *