Ads by
ޚަބަރު
ޕީޕީއެމް އޮތީ ރައީސް ޑރ. މުޢިއްޒާއި އެކު: ޢައްސާން

ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް ( ޕީޕީއެމް) އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެކު ކަމަށް އައު ސަރުކާރުގެ ޑިފެންސް މިނިސްޓަރ އަދި ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ޣައްސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓް އެއްގައި ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ހިމާޔަތުގައި އަތާއި އަތް ގުޅައިގެން މިތިބީ ސަފުތަކުގައި ކެރުމާއި އިޙުލާސްތެރި ކަމާއި އެކުގައިކަމަށެވެ.

ޕީޕީއެމް އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒާއި އެކު. ރައީސް މުޢިއްޒުގެ ސަރުކާރުގެ ހިމާޔަތުގައި އަތާއި އަތް ގުޅައިގެން މިތިބީ ސަފުތަކުގައި ކެރުމާއި އިޙުލާސްތެރި ކަމާއި އެކި ސާބިތުވެ ހުރެ، ޤައުމަށް ހެޔޮ އެދޭ އެންމެހާ ލޮބުވެތި ރައްޔިތުން ދިވެހިނަށް ރައީސް މުޢިއްޒު އާއި އެއްކޮށް ކުރިއަށް ވަޑައިގަތުމަށް ގޮވާލަން!

– ޣައްސާން

ޣައްސާން މިފަދައިން ވިދާޅުވެފައިވާއިރު ރޭގެ ވަގުތެއްގައި ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެން އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައެވެ..

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *