Ads by
ޚަބަރު
އާ ސަރުކާރު ހުވާކުރި ފަހުން ފުރަ މާލޭގައި ހުޅުވުނު ފުރަތަމަ ޕީޕީއެމް/ޕީއެންސީ ކެންޕެއިން ޖަގަހަ: މަމެންގެސަލާމް ހިންނަވަރު ޖަގަހަ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވާ ކުރެއްވުމަށްފަހު ވެރިކަންކުރާ ފުރަ މާލޭގައި ހުޅުވުނު ފުރަތަމަ ޕީޕީއެމް/ޕީއެންސީ ކެންޕެއިން ޖަގަހަ “މަމެންގެ ސަލާމް” ޢަބްދުއްސަލާމް މުސާގެ ހިންނަވަރު ޖަހަގަ ރޭ ހުޅުވައިފިއެވެ.

Ads by Eki Online

މި ޖަހަގަ ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަދި ކުރީގެ ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ނާޒިމްގެ އިތުރުން އަލްއުސްތާޛު އިބްރާހިމް މުހައްމަދު ޖަަނާބު އާއި ޕީޕީއެމް/ޕީއެންސީ ކާށިދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ މުންތަޒިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޕީޕީއެމް/ޕީއެންސީ އަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ހިންނަވަރު ރައްޔިތުން ވެސް ވަނީ ބައިވެރިވެފައެވެ.

ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ އަބަދުވެސް އިންތިޒާރު ކުރި ދުވަހަކީ ހިންނަވަރުގެ ސިޔާސީ މަސްރަހު ވަކި ބައެއްގެ މުށުތެރޭ ތާށިވެފަ އޮތްއޮތުން ނިމުމަކަށް ގެނައުން ކަމަށާއި މިއަދު އެކަމުގެ އުންމީދު އާވެއްޖެކަމަށެވެ.

އަޅުގަނޑު އަބަދުވެސް ދެކެމުން އައި ހުވަފެނަކީ ނުވަތަ އިންތިޒާރުކުރި ދުވަހަކީ ހިންނަވަރު ސިޔާސީ މަޝްރަހު ކަސްތަޅުން ނެއްޓިގެންދާތަން ދެކުން. ވަކިބައެއްގެ މުށުތެރޭ  ތާށިވެފައި އޮތްއޮތުން ނިމުމަކަށް ގެނެއުން އެއީ އަޅުގަނޑު އަބަދުވެސް ކުރި އުންމީދެއް

– ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ހިންނަވަރުން މިފަަހަރުގެ މަޖިލިސް ޕްރައިމެރީގައި ޒުވާން ގިނަ ކެންޑިޑޭޓުން ވާދަކުރާކަމީ ޒުވާން ޖީލަށް ސިޔާސީ މަޝްރަހު ހުޅުވިފައި އޮތްކަން ރަމްޒުކޮށްދޭން ކުރި މަސައްކަތުގެ ނަތީޖާކަމަށާއި ރައީސް ޑރ. މުޢިއްޒުގެ ދިވެހީންގެ ރާއްޖޭގެ ތަސައްވަރުގެ ސިޔާސަތަކީ ޒުވާނުންނަށް ސިޔާސީ ކަންކަމުގެ ފުރުސަތު ދެއްވުމުގެ ސިޔާސަތެއްކަމަށްވެސް ވިދާޅުވިއެވެ.

ޢަބްދުﷲ ނާޒިމް އިބްރާހީމް އަދި އަލްއުސްތާޛު އިބްރާހިމް މުހައްމަދު ޖަނާބު ޖަލްސާގައި ވާހަކަފުޅު ދައްކަނީ….

ޕްރައިމަރީގައި ކުރިމަތިލާ ކެންޑިޑޭޓުންނަން މަރުހަބާ ދަންނަވައި މަސައްކަތާއިގެން ކުރިއަށްވަޑައިގަންނަވަން ނާޒިމް ވަނީ ހިތްވަރުދެއްވާފައެވެ. އަދި ޕްރައިމަރީ ކާމިޔާބު ކުރައްވާ ކެންޑިޑޭޓެއްގެ ފަހަތައް ހުރިހާ ބޭފުޅުންވެސް އަރައި މި ފަހަރުގެ ހިންނަވަރު ދާއިރާގެ ގޮޑި ޕީޕީއެމް/ޕީއެންސީއަށް ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތްކޮށްދިނުމަށް ވެސް ނާޒިމް ވަނީ އެދިފައެވެ.

މި ރަސްމީޔާތުގައި ކެންޕެއިން ޖަގަހަ ހުޅުވުމުގެ އިތުރުން ޕްރައިމެރީގައި ވާދަ ކުރައްވާ ޢަބްދުއްސަލާމް މުސާ (ސަލްޓެ) އާއި ހިންނަވަރު ރައްޔިތުން ބައްދަލުކޮށް މަޝްވަރާކުރުމަށް ވެސް ވަނީ ފުރުސަތު ދީފައިވެއެވެ.

ސަލާމް ވިދާާޅުވީ މި ކެންޕެއިން ޖަގަހަ ކުރިއަތް އޮތް ދުވަސްތަކުގައި ބާރު ސްޕީޑްގައި ކުރިއަށް ދާނެ ކަމަށާއި އެނާއާއި ބައްދަލުކޮށް މަޝްވަރާ ކުރުމަށް ބޭނުންފުޅުވާ ހުރިހާ ހިންނަވަރު ރައްޔިތުންނަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.

ސަލާމް އިތުރަށް ވިދާޅުވީ މި ނިކުތީ އުފަންރަށް ހިންނަވަރަށް ބާރު ސްޕީޑްގައި ތަރައްގީ ގެނެސް ހިންނަވަރު އާ ހަރުފަތަކަށް ގެންގޮސްދިނުމުގެ އަޒުމުގައި ކަމަށެވެ.

ތިޔަބޭފުޅުންގެ ޚިދުމަތުގައި މިފަހަރު މި ނިކުންނަނީ ބާރު ސްޕީޑްގައި ތަރައްޤީގެ އިތުރު ހަރުފަތަކަށް ހިންނަވަރުގެންގޮސް ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް ހޯދައިދިނުމުގެ އަޒުމުގައި އަޅުގަނޑަށް އިތުބާރުކޮށް އަޅުގަނޑު ޕްރައިމެރީއިން އަދި މަޖިލިސް އިންތިހާބުން ހޮއްވަވައި ދެއްވާ ހިންނަވަރު ތަރައްގީގެ ޒިންމާ އަޅުގަނޑު ނަގާނަން.

– ސަލާމް ވިދާޅުވިއެވެ.

އަދި ރައްޔިތުން ކެންޕެއިންގައި ބައިވެރިވެ ދެއްވާ ތަރުހީބާއި ރައްޔިތުން ކުރައްވާ އިތުބާރަށް ސަލާމް ވަނީ ޝުކުރުދަންނަވާފައެވެ.

މިފަހަރު ޕީޕީއެމް/ޕީއެންސީ ހިންނަވަރު ދާއިރާއިން ޕްރައިމެރީގައި ވާދަކުރައްވަން މިހައިތަނަށް 5 މެންބަރުންވަނީ އިއުލާންކުރައްވާފައެވެ. އެހެންކަމުން މި ޕްރައިމެރީ ވެގެންދާނީ ފޯރިގަދަ ވާދަވެރި އިންތިހާބަކަށެވެ.

ހިންނަވަރު މަޖިލިސް ގޮނޑިއަކީ ވޭތުވެދިޔަ ދިގު ތާރީޚުގައި އެމްޑީޕީއިން ކާމިޔާބު ކުރަމުން ދިޔަ ގޮނޑިއެކެވެ.

ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޚަބަރު ސްޕޮންސަރ ކުރެއްވުމަށް 7252999 ގުޅާލައްވާ!
Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *