Ads by
ދީން
މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރާ ވެރިންނަށް ގިޔާމަތް ދުވަހުން މާތް ﷲ ގެ ހިޔާވަހިކަން ލިބޭނެ: ޚުތުބާ

މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރާ ވެރިންނަށް ގިޔާމަތް ދުވަހުން މާތް ﷲ ގެ ހިޔާވަހިކަން ލިބޭނެ ކަމަށް ހުކުުރު ޚުތުބާގައި ބުނެފިއެވެ.

Ads by Eki Online

ހުތުބާގައި ބުނެފައިވަނީ ފަހު ޒަމާނުގައި މަސްއޫލިއްޔަތުތަކާ ހަވާލުވާ ބައެއް މީހުންގެ ކިބައިގާ، އެމީހުން ހަވާލުވާ މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލުކަން ނުހުންނާނެ ކަމަށް ކީރިތި ރަސޫލާ ޚަބަރު ދެއްވާފައިވާ ކަމަށެވެ.

އަދި މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރާ ވެރިން ގިޔާމަތް ދުވަހުން ވާނީ މާތް ﷲ ގެ ހިޔާވަހިކަން ލިބޭ މީހުންގެ ތެރޭގައި ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ މީސްތަކުންގެ ކަންތައްތައް އިސްލާހުކޮށް ބެލެހެއްޓުމަށްޓަކައި މަސްއޫލުވެރިޔަކު ހުންނަންޖެހޭ ކަމަށާއި އެއީ އެމީހުންގެ ކަންތައްތައްތައް އޮޅުންބޮޅުންވެ، ފާލުން ނެއްޓިގެން ދިޔަ ނުދިނުމަށްޓަކައި ކަމަށެެވެ.

“މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރާ ވެރިންނަށް މާތްﷲ ތައުފީގު ދެއްވާނެތެވެ. އެމީހުނގެ ދުއާ އިޖާބަކުރައްވާނެތެވެ” ހުތުބާގައި ބުނެފައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *