Ads by
ޚަބަރު
އައު ޕާޓީ ލޯގޯ ރައީސް ޔާމީން ފައިނަލް ކުރައްވައިފި: މަލީހް

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ލީޑަރ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ އައު ޕާޓީގެ ލޯގޯ ފައިނަލް ކުރައްވައިފިއެވެ.

Ads by Eki Online

މިކަން ހާމަކޮށްފައިވަނީކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް އެކްސްގައި ކުރެއްވި ޕޯސްޓް އެއްގައެވެ.

މަލީހު ވިދާޅުވީ ރައީސް ޔާމީން އުފައްދަވާ ޕާޓީގެ ލޯގޯ މިއަދު ހެނދުނު ރައީސް ޔާމީން ފައިނަލް ކުރައްވައިފިކަމަށެވެ.

ރައީސް ޔާމީން އުފައްދަވާ އާ ޕާޓީގެ އަޕްޑޭޓް:
‏އުފާވެރި ޚަބަރު.
‏ޕާޓީގެ ލޯގޯ ދާދި ދެންމެ އަކު ރައީސް ޔާމީން ފައިނަލް ކުރައްވައިފި.

– މަލީހް

މަލީހު އިތުރައްވިދާޅުވީ ހުރިހާ ބޭފުޅުން ވަރަށް ގާތުން މިކަން ބައްލަވާ އާ ޕާޓީއާއި ގުޅުމަށް ތައްޔާރު ވުމަށް ރައީސް އެދިވަޑައިގެންނެވިކަމަށާއި ޕާޓީގެ ކަންކަން ކުރިއަށްމިދަނީ “ ޔާން ސްޕީޑް” ގައި ކަމަށެވެ.

ރައީސް ޔާމީން ކުރީގެ ޕާޓީ ޕީޕީއެމުން ވަކިވެވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. އަދި ރައީސް ޔާމީންގެ ވަކީލެއްގޮތުގައި މަސައްކަތްކުރައްވާ ޑރ. ޖަމީލް ރޭގައި ވިދާޅުވީ ރައީސް ޔާމީން ޕާޓީން ވަކިވެވަޑައިގެންނެވީ އެ ޕާޓީ ބަޔަކު ހައިޖެކް ކޮށްފައިވާތީ ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

އަލިކޮއި7 މަސް ކުރިން

ދެން އަބުރާ ޕީޕީއެމް އަށް ނުވައްދާތި! ޕީޕީއެމްއަކީ އަސްލު އޭނަވެސް މައުމޫނު އަތުން ދަމައިގަތް ޕާރޓީއެކެވެ. ތިޔަ އާ ޕާރޓީއަށް އަންނި ޕާރޓީއަށް ވީވަރަށް 3000 ވެސް ހަމަ ނުވާނެއެވެ. ހުރިހާ ތާރީފެއް ޖަމީލަށެވެ.

0
0
އަލިފުތު7 މަސް ކުރިން

ދެން އަބުރާ ޕީޕީއެމް އަށް ނުވައްދާތި! ޕީޕީއެމްއަކީ އަސްލު އޭނަވެސް މައުމޫނު އަތުން ދަމައިގަތް ޕާރޓީއެކެވެ. ތިޔަ އާ ޕާރޓީއަށް އަންނި ޕާރޓީއަށް ވީވަރަށް 3000 ވެސް ހަމަ ނުވާނެއެވެ. ހުރިހާ ތާރީފެއް ޖަމީލަށެވެ.

0
0