Ads by
ޚަބަރު
މޭރީގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ލަމްހާ ބަންދުން ދޫކޮށްލައިފި

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ ތިން މަސްދުވަހަށް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

Ads by Eki Online

އޭނާ ބަންދުން ދޫކޮށްފައިވަނީ ވަގުތީ ގޮތުންނެވެ. ލަމްހާ ބަންދުން ދޫކޮށްލީ ކޮންމެ ދުވަހެއްގެ ރޭގަނޑު 10:00 އިން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުކުތުން މަނާކޮށް، އަދި މާލޭން ބޭރަށްދާނަމަ ކޯޓުގެ ހުއްދަ ހޯދުމަށް ޝަތުރުކޮށްފައެވެ.

މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ލަމްހާގެ މައްޗަށް ކޮށްފައި ވަނީ ތިން ދައުވާއެކެވެ. އެއީ މީހަކު މަރައިލުމުގައި ބައިވެރިވުމުގެ އިތުރުން ހޮސްޕިޓަލްތަކުގައި ނޫނީ ނުގެންގުޅެވޭނެ ފަދަ އިންޖެކްޝަންތަކެއް ގެންގުޅެފައިވާތީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ދޫ7 މަސް ކުރިން

ދެން އަނެއްކާވެސް މީހަކު މަރާލަންދެން ބަހައްޓާ، ދުލުގަހިފާ ދަމަންޏާ އެއްޗެކޭ ނުބުނެ ހުރެވޭނެތަ!!

0
0