Ads by
ޚަބަރު
އެމްޑީޕީ ޕީޖީ ލީޑަރުކަމަށް މުހައްމަދު ރަޝީދު އިންތިހާބުކޮށްފި

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރަކަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އިންތިހާބުކޮށްފިއެވެ.

Ads by Eki Online

އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕްގެ ލީޑަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަސްލަމް މަގާމުން އިސްތިއުފާ ދެއްވީ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބު ވުމުންނެވެ.

މިމަގާމަށް ކުރިމަތިލެއްވި 3 ބޭފުޅުންނަކީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އާއި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމުގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު ޖާބިރުއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު ހުވުމަށް ބޭއްވި ބައްދަލުވުމުގައި ބިގޭއަށް 28 ވޯޓު ލިބިވަޑައިގެންނެވިއިރު ޖާބިރަށް ލިބިވަޑައިގަތީ 20 ވޯޓެވެ. އަދި އަބްދުލް ޣަނީއަށް ލިބިވަޑައިގަތީ ހަތަރު ވޯޓެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުގެ މުއްދަތަކީ ދެ އަހަރާއި ހަ މަސް ދުވަހެވެ.

އެމްޑީޕީގެ ޓިކެޓްގައި ރައްޔިތންގެ މަޖިލީހަށް 67 މެންބަރުން އިންތިހާބުވި ނަމަވެސް އެމްޑީޕީ މެންބަރުންގެ ގޮތުގައި މަޖިލީހުގައި މިހާރު ތިއްބެވީ 55 މެންބަރުންނެވެ.

ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޚަބަރު ސްޕޮންސަރ ކުރެއްވުމަށް 7252999 ގުޅާލައްވާ!
Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *