Ads by
ޚަބަރު
ރައީސް ޑރ.މުޢިއްޒު ތިލަމާލެ ބްރިޖުގެ މަސައްކަތް ބައްލަވާލައްވައިފި

“ގްރޭޓަރ މާލެ ކަނެކްޓިވިޓީ – މާލެ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓް”ގެ މަސައްކަތްތައް ކުރިއަށްދާ ސައިޓްތަކަށް ޒިޔާރަތްކުރައްވައި، މަޝްރޫޢުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތުތައް ރައީސް ޑރ.މުޙައްމަދު މުޢިއްޒު އޮޅުންފިލުއްވައިފިއެވެ.

Ads by Eki Online

ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ސަރަހައްދުތަކަށް ރައީސް މިއަދު ހަވީރު ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސް ފުރަތަމަ ވަޑައިގެންނެވީ ބްރިޖުގެ މަސައްކަތް މާލޭގައި ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްޓަކައި މާލޭގެ ޕްރޮޖެކްޓް ސައިޓަށެވެ. އެގޮތުން ރޭމްޕް ސަރަހައްދުގައި މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު އެމަނިކުފާނު ވަނީ، މާލެއާއި ވިލިނގިއްޔާ ދެމެދު ސަރަހައްދުގެ މަސައްކަތްތައްވެސް ބައްލަވާލައްވާފައެވެ. އޭގެފަހުން ގުޅީފަޅުގެ ޕްރޮޖެކްޓް ސައިޓަށް ވަޑައިގެން އެތަނުގައި ކުރިއަށްގެންދާ ޕްރީކާސްޓިންގގެ މަސައްކަތްތަކާއި ބްރިޖުގެ އެކި މަސައްކަތްތައް ކުރިއަށް ގެންދާގޮތާ ބެހޭގޮތުންވެސް އެމަނިކުފާނު މައުލޫމާތު އޮޅުންފިލުއްވިއެވެ.

ރައީސް ޑރ.މުޢިއްޒު މީގެ ކުރިން ވަނީ، “ގްރޭޓާ މާލެ ކަނެކްޓިވިޓީ – މާލެ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓް”ގެ މަސައްކަތްތައް ނުނިމި ލަސްވަމުންދާ ސަބަބުތައް ހޯއްދަވައި، ބްރިޖުގެ މަސައްކަތްތައް ވީހާވެސް އަވަސް ސްޕީޑެއްގައި ނިންމެވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. މި ސަރުކާރުގެ ‘ހަފްތާ 14’ ގައި ކުރަން ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައިވެސް ތިލަމާލެ ބްރިޖު މަޝްރޫޢުގެ ހާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްކުރުން ވަނީ ހިމަނާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *