Ads by
ޚަބަރު
ސޯޝަލް ކައުންސިލުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ޗެއަރ ކުރައްވާ ސޯޝަލް ކައުންސިލުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

Ads by Eki Online

މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސް އޮފީހުން ބުނީ ބައްދަލުވުމުގައި “ހަފްތާ 14“ ގައި ހިމެނޭ ވައުދުތަކުގެ ތެރެއިން އިޖުތިމާއީ ދާއިރާގައި ހިމެނޭ ވައުދުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެކި ވުޒާރާތަކަށް ބެހިފައިވާގޮތް ހިއްސާކުރައްވައި, އެ ކަންކަން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތްތަކާ ގުޅޭގޮތުން ކައުންސިލުގެ މެންބަރުންގެ މެދުގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

“ހަފްތާ 14“ ގައި ޖުމްލަ 161 ވައުދު ހިމެނެއެވެ. އޭގެ ތެރެއިން 61 ވައުދަކީ އިޖުތިމާއީ ދާއިރާގެ ތެރޭގައި ހިމެނޭ ވައުދުތަކެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވަޒީރުން “ހަފްތާ 14“ ތަންފީޒުކުރުމަށް އެ ވުޒާރާތަކުން ކުރަމުންގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *