Ads by
ޚަބަރު
މަލީހް ސަސްޕެންޑްކޮށް މައްސަލަ ސުލޫކީ ކޮމިޓީއަށް

ޕީޕީއެމްގެ ސެނެޓަރެއްގެ މަޤާމުގައި ހުންނަވައިގެން އެ ޕާޓީ ބަދުނާމުކުރައްވައި ޕާޓީ ބައިބައިކުރުމުގެ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް ތުޙުމަތުކޮށް ކުރީގެ މިނިސްޓަރު މުހައްމަދު މަލީޙް ޖަމާލް ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށް މަލީހުގެ މައްސަލަ ސުލޫކީ ކޮމިޓީއަށް ހުށައަޅަން ނިންމައިފިއެވެ.

Ads by Eki Online

ޕީޕީއެމްއިން އެކަން އަންގައި މަލީޙްއަށް ފޮނުވި ސިޓީއެއް މީސްމީޑިޔާގައި މިހާރު ދަނީ ދައުރުވަމުންނެވެ. އަދި މި ސިޓީގައި ސޮއިކޮށްފައިވަނީ ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ ކުރީގެ ނައިފަރު ދާއިރާ މެންބަރު އަހްމަދު ޝިޔާމް އާއި ކުރީގެ ގުރައިދޫ ދާއިރާ މެންބަރު މުހައްމަދު ޣައްސާން މައުމޫނެވެ.

މި ސިޓީގައި ބުނެފައިވަނީ ޕީޕީއެމް ބައިބައިކުރެއްވުމުގެ މަސައްކަތްތަކެއް މަލީޙު އިސްކޮށް ހުންނަވައިގެން ކުރައްވާކަމަށާއި، އެގޮތުން ޕާޓީގެ ލީޑަރޝިޕަށް ނުވަތަ ޕާޓީގެ ސެނެޓަށް އެނގުމެއްނެތި، މަލީޙް އަމިއްލަފުޅަށް ކޮމިޓީތައް އުފައްދަވާފައިވާކަމަށެވެ.

އަދި ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް ޕާޓީގެ ލީޑަރޝިޕް އަދި ސެނެޓުގެ އެއްވެސް މަޝްވަރާއެއްނެތި ޕާޓީގެ ނަމުގައި ޕްރެސް ކޮންފަރެންސްއެއް ބާއްވަވައި އެ ޕްރެސް ކޮންފަރެންސްގައި ޕާޓީގެ އަސާސްތަކާއި ޚިލާފަށް ޕާޓީ ބަދުނާމުކޮށްފައިވާކަމަށްވެސް އެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

މި ކަންކަމަށް ރިޔާއަތްކޮށް، އެޕާޓީގެ ހަރަކާތްތަކުން މަލީޙް ސަސްޕެންޑްކުރެވިފައިވާކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ. އަދި އެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓިއަށް ފޮނުވާފައިވާނެކަމަށާއި ކޮމިޓީން ގޮތެއް ނިންމަވަންދެން ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭނެކަން މަލީޙްއަށް ވަނީ އަންގާފައެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *