Ads by
ކުޅިވަރު
ކަންޓޭ އަދި ބެންޒީމާ ފުރަތަމަ ފަހަރަށް އަލް އިއްތިހާދުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި

ސައުދީ ލީގުގެ ޗެމްޕިއަން އަލް އިއްތިހާދުން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެޓީމުގެ ފަރިތަކުންތައް ފެށައިފިއެވެ.

Ads by Eki Online

އެޓީމާއި އަލަށް ގުޅުނު ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ކަރީމް ބެންޒީމާގެ އިތުރުން ޗެލްސީގެ ކުރީގެ ކުޅުން ތެރިޔާ އެންގޯލޯ ކަންޓޭ ވަނީ ފުރަތަަމަ ފަހަރަށް އެޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.

އަލް އިއްތިހާދުން ޕްރީ ސީޒަން ޓްރޭނިންގ ހޯމަދުވަހު ފެށިއިރު، އެޓީމާއި އަލަށް ގުޅުނު މިދެކުޅުންތެރިންގެ އިތުރުން ޕޯޗުގަލްގެ ފޯވާޑް ޖޯޓާވެސް ހިމެނެއެވެ. މީގެ އިތުރުން އަލް އިއްތިހާދުގައި ބްރެޒިލް އަށް ނިސްބަތްވާ އިތުރު ތިން ކުޅުންތެރިން ކުޅެމުންދެއެވެ.

ދުރާލައި އަލް އިއްތިހާދުން ފަރިތަ ކުރުންތަށް ފެށީ މިއަހަރުގެ ފަހުކޮޅު ސައުދީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުލަބު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މުބާރާތް ބާއްވާގައުމުގެ ޗެންޕިއަންގެ ހައިސިއްޔަތުން ވާދަކުރުމުގެ ފުރުސަތު ލިބިފައިވާތީއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *