Ads by
ޚަބަރު
ރައީސް ޑރ. މުޢިއްޒު މާދަމާ ސައުދީއަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާދަމާ ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by Eki Online

މި ދަތުރުފުޅަކީ ރައީސް ކަމާއި ހަވާލުވިފަހުން ރައީސް ޑރ. މުޢިއްޒު ރަސްމީކޮށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅާއި ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން އަދި ހާމަކޮށްފައިނުވެއެވެ.

ރައީސް ޑރ. މުޢިއްޒު ސައުދީއަށް ފުރާވަޑައިގަންނަވާއިރު ދިވެހިރާއްޖެއާ ސަޢުދީ ޢަރަބިއްޔާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ސަޢުދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުން އިއްޔެ ވަނީ ނިންމާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، މަޤާމުގެ ހުވައިކުރައްވައި ރިޔާސީ އައު ދައުރަށް ފެށްޓެވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ސަޢުދީ ޢަރަބިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި އެ ޤައުމުގެ މިނިސްޓަރ އޮފް އިކޮނޮމީ އެންޑް ޕްލޭނިންގ، ފައިޞަލް ބިން ފާދިލް އަލްއިބްރާހީމް ވަނީ މި މަހު ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއްކުރައްވައިފައެވެ.

މި ދަތުރުފުޅުގައި، ނޮވެމްބަރުމަހުގެ 18 ވަނަދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވައި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިކޮނޮމީ އެންޑް ޕްލޭނިންގ، ފައިޞަލް ބިން ފާދިލް އަލްއިބްރާހީމް ކުރެއްވި މަޝްވަރާތަކުގައި ވިޔަފާރިއާ އިޤްތިޞާދުގެ ދާއިރާއާ އަދި އެނޫން ގިނަ ދާއިރާތަކަކުންވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާމެދު ވަނީ މަޝްވަރާކުރައްވައިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *