Ads by
ޚަބަރު
ޕީއެންސީގެ ޕީޖީ ލީޑަރަކަށް ފަޒުލް

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު އައްޔަންކުރައްވައިފިއެވެ.

Ads by Eki Online

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް އަސްލަމް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީއަކީ މަޖިލިހުގެ ގަވައިދުގެ 256 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލިހުގައި ސަރުކާރު ނިސްބަތްވާ ޕާޓީ ކަމަށެވެ.

އަދި މަޖިލިހުގެ ގަވައިދުގެ 33 ވަނަ މާއްދާގެ ދަށުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކީ ފަޒުލް ކަމުގައި އެ ޕާޓީން އަންގަވާފައިވާތީ އެކަން އިއުލާން ކުރައްވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އަދި އަސްލަމް ވަނީ ޕީޖީ ގްރޫޕްގެ ލީޑަރަކަށް ފަޒުލް އައްޔަން ކުރެއްވުމުން މަރުހަބާ ދަންނަވައިފައެވެ.

ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު އާދަމް ޝަރީފް ލޯކަލް ގަވަނަންސް މިނިސްޓަރަކަށް އައްޔަން ކުރެއްވުމުންނެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ އާ ކެބިނެޓަށް ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމް/ޕީއެންސީގެ ބައެއް މެމްބަރުން އައްޔަން ކުރުމާއެކު މަޖިލީހުގައި އެ 2 ޕާޓީ ތަމްސީލް ކުރާ މެންބަރުންގެ އަދަދު ވަނީ 5 ވެއްޓިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *