Ads by
ޚަބަރު
ޕީޕީއެމްގެ ވަޓްސްއަޕް ގުރޫޕު ހޫނުވެ، މަލީހު ގުރޫޕުން ބޭރު ކޮށްލައިފި

ވެރިކަންކުރާ ޕީއެންސީއާއި އެކީ އެއް ކޯލިޝަނެއްގައި އޮތް ޕީޕީއެމްގެ ހިންގުން އެޕާޓީގެ ސެނެޓްގެ ރުހުން ނެތި ޚާއްސަ ކޮމިޓީއަކާއި ހަވާލުކުރުމާއެކު ޕާޓީގެ ސެނެޓްގެ ވަޓްސްއަޕް ގުރޫޕު ހޫނުވެ އެގުރޫޕުން، ޕީޕީއެމް ހިންގުމަށް އެކުލަވާލި ކޮމިޓީގެ އިސް މެމްބަރު މަލީހު ޖަމާލް ވަޓްސްއަޕް ގުރޫޕުން ބޭރު ކޮށްލައިފިއެވެ.

Ads by Eki Online

ޕީޕީއެމް ލީޑަރޝިޕްގެ އެއްވެސް ބޭފުޅަކު ނުހިމަނާ އެޕާޓީގެ ހިންގުން ވަކި ކޮމިޓީއަކާއި ހަވާލު ކޮށްފައިވަނީ މިހާރު ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމިންގެ އެންގެވުމަށެވެ.

ޕާޓީ ހިންގުމަށް ޔާމިން ހަމަޖެއްސެވި ކޮމިޓީގެ އިސްބޭފުޅުންގެ ގޮތުގައި ތިއްބެވީ ކުރީގެ ނާއިބު ރައީސް ޖިހާދުގެ އިތުރުން ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލް ރިޒާއާއި ކުރީގެ ޔޫތު މިނިސްޓަރ މަލީހު ޖަމާލްއެވެ.

އިދާރީ ގޮތުން އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ މަލީހުއެވެ. ޕާޓީ ހިންގަން ޔާމިން އެކުލަވާލެއްވި ސްޓިއަރިން ކޮމިޓީގައި ޖިހާދުއާއި، މަލީހުއާއި އައްބާސް އާދިލް ރިޒާއާ އެކުގައި 12 މެމްބަރުން ތިއްބަވައެވެ. އެ ކޮމިޓީގައި ޕީޕީއެމްގެ ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު ހިމެނިވަޑައިނުގަންނަވައެވެ.

ޕީޕީއެމްގެ ހިންގުން ހަވާލު ކުރި ކޮމިޓީގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ސެނެޓް ވަޓްސްއަޕް ގުރޫޕުގައި ސެނެޓްގެ ގިނަ މެމްބަރުން ބުނެފައިވަނީ އެޕާޓީގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވަނީ ސެކެޓްރީ ޖެނެރަލް ތަލާލްއަށް އެންގުމަކާއި ނުލާކަމަށެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ފަރާތްތަކަކީ ޕީޕީއެމްގެ ސެނެޓްގައިވެސް ނުހިމެނޭ ފަރާތްތައްކަން ފާހަގަކޮށްލެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *