Ads by
ކުޅިވަރު
ތާރީހުގައިވެސް މިހާތަނަށް ފުޓްބޯޅަ ކުޅުންތެރިޔަކަށް ހުށަހެޅުނު އެންމެ ބޮޑު ފީ، ސައުދީގެ އަލް ހިލާލްއިން އެމްބާޕޭއަށް

ދުނިޔޭގެ ތާރީޚުގައިވެސް މިހާތަނަށް ފުޓްބޯޅަ ކުޅުންތެރިޔަކު ހުށަހެޅުނު އެންމެ ބޮޑު ފީ، ސައުދީ އަރަބިއާގެ އަލް ހިލާލް ކްލަބުން ފްރާންސްގެ ޕެރިސް ސެއިންޓް ޖާމޭން ކްލަބް ޕީއެސްޖީ އަށް ކުޅެމުން އަންނަ ކުޅުންތެރިޔާ، ކިލިއަން އެމްބާޕޭ ހޯދުމަށް ހުށަހަޅައިފި އެވެ.

Ads by Eki Online

ޕީއެސްޖީގެ އަދި ފްރާންސްގެ ގައުމީ ޓީމުގެ ވެސް ފޯވަޑް، އުމުރުން 24 އަހަރުގެ އެމްބާޕޭ ގެނައުމަށް ސައުދީ ކްލަބް އަލް ހިލާލުން ހުށަހަޅާފައިވާ ދުނިޔޭގެ ރެކޯޑް ފީ އަކީ 332 މިލިއަން ޔޫއެސް ޑޮލަރެވެ.

އަލް ހިލާލުން ވަނީ މީގެ ދުވަސްކޮޅެއް ކުރިން އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ގެނައުމަށް ވެސް ދުނިޔޭގެ ރެކޯޑް ފީ އެއް ހުށަހަޅާފައެވެ. ނަމަވެސް މެސީ ވަނީ އެ ހުށައެޅުން ދޫކޮށް އިންޓަ މަޔާމީ ކްލަބަށް ސޮއިކޮށްފައެވެ. ފްރާންސްގެ މި ސީޒަންގެ ލީގް ޗެމްޕިއަން ޕީއެސްޖީން ވަނީ ސައުދީގެ ކްލަބް އަލް ހިލާލްގެ ހުށަހެޅުން ލިބިފައިވާކަމަށާއި އަދި އެމްބާޕޭއާ އެކު އަލް ހިލާލް އިން ވާހަކަ ދެއްކުމަށް ކްލަބްގެ ހުއްދަ ދޫކޮށްފައިވާކަން ހާމަކޮށްފައެވެ. ނަމަވެސް ހަބަރުތައް ބުނާ ގޮތުގައި އެމްބާޕޭ ޔޫރަޕް ދޫކޮށް ދާކަށް ބޭނުމެއް ނުވެއެވެ.

ޕީއެސްޖީން ވަނީ އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އޭޝިއާގެ ޖަޕާނަށް ދިއުމަށް މިދިޔަ ހޮނިހިރު ދުވަހު ފެއްޓި ތަމްރީން ދަތުރުގައި އެމްބާޕޭ ޓީމުން ބޭރުކޮށްފައެވެ. ކްލަބާއެކު އައު އެއްބަސްވުމެއް އެމްބާޕޭ އަށް ނުހެދޭނަމަ އޭނާ ވިއްކާލަން ކްލަބުން ވަނީ ހުޅުވާލާފައެވެ. އެމްބާޕޭ، އަލް ހިލާލް އަށް ގެންދެވިއްޖެނަމަ އޭނާ ވެގެންދާނީ ދުނިޔޭގެ މިހާތަނަށް އެންމެ ބޮޑު ފީ އަކަށް ކްލަބް ބަދަލުކޮށްފައިވާ ބްރެޒިލްގެ ތަރި ނޭމާގެ، ރެކޯޑް ފީ މުގުރާލާނެ ކުޅުންތެރިޔާ އަށެވެ.

ސައުދީ އަރަބިއާގެ ލީގަށް މިދިޔަ އަހަރު ވަނީ ދުނިޔޭގެ އެންމެ މަޝްހޫރު ކުޅުންތެރިޔާ، ޕޯޗުގަލްގެ ތަރި ރޮނާލްޑޯވެސް އެ ލީގުގެ އަލް ނަސްރަށް ގެންގޮސްފައެވެ. އަދި މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ފްރާންސްގެ ފޯވާޑް ކަރީމް ބަންޒީމާ ވެސް ވަނީ މި ސީޒަން ނިމުމާއެކު އަލް ހިލާލްއަށް ގެންގޮސްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *