Ads by
ޚަބަރު
ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ ކަމަށް ޙަލީމް ހަމަޖައްސައިފި

ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް މ. ރަނިކަ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ޢައްޔަންކުރައްވައިފިއެވެ.

Ads by Eki Online

ރައީސް އޮފީހުން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯއަކަށް ޙަލީލު ހަމަޖެއްސެވީ މިއަދު ކަމަށެވެ. އަދި ޙަލީމް މި މަގާމަށް ޢައްޔަންކުރައްވާފައި ވަނީ މިނިސްޓަރ ފެންވަރުގައި ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
ޙަލީމް މީގެ ކުރިން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފައެވެ. އޭގެތެރޭގައި އެމް.ޓީ.ސީ.ސީ. އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ހިމެނެއެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވަނީ ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހިންގާ “މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް”ގެ ނަން “މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑް” އަށް ބަދަލުކޮށްފައެވެ.

މި ބަދަލާއެކު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑަކީ، ރައީސްގެ އިރުޝާދުގެ ދަށުން ހިނގާ އަދި އެމަނިކުފާނަށް ޖަވާބުދާރީވާނެ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސާފަ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބޯޑު އިދާރީ ގޮތުން ހިނގަމުންދާނީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ. ބޯޑު އަލުން އެކުލަވާލަން ވެސް ރައީސް މިއަދު ވަނީ ނިންމަވައިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *