Ads by
ކުޅިވަރު
ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލަ ބައިނަލްއަގްވާމީ ކޯޓަށް
ފޮޓޯ: މޯލްޑިވްސް އޮލިންޕިކްސް ކޮމިޓީ

ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލައެއް ސްވިޒަލޭންޑްގައި ހުންނަ ބައިނަލްއަގްވާމީ ކުޅިވަރު އާބިޓްރޭޝަން ކޯޓް (ކާސް) އަށް ހުށަހަޅަން ތައްޔާރުވެއްޖެއެވެ.

Ads by Eki Online

މިމައްސަލަ ކާސްއަށް ގެންދަނީ ރާއްޖޭގެ ލޯ ފާމެއް ކަމަށްވާ އެސް އެންޑް އޭ ލޯޔާސްގެ ފަރާތުންނެވެ.ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލައެއް ކާސްއަށް ހުށަހަޅަން ނިންމީ ބެޑްމިންޓަންގެ ގައުމީ ޓީމުގައި ހިމެނޭ މުހިއްމު ކުޅުންތެރިޔެއް ކަމަށްވާ ނީލާ އަހްމަދު ނަޖީބް ކުއްލިއަކަށް ގައުމީ ޓީމުން ބޭރުކޮށްލާފައިވާތީއެވެ.

ނީލާ ވަނީ އޭނާ ގައުމީ ޓީމުން ބޭރުކުރި ސަބަބު ސާފުކުރުމަށް އެސޯސިއޭޝަންގައި ތަކުރާރުކޮށް އެދިފައެވެ. ނަމަވެސް ނީލާ ބުނާ ގޮތުގައި އޭނާ ގައުމީ ޓީމުން ބޭރުކުރި މައްސަލައިގައި އެސޯސިއޭޝަނުން އެއްވެސް ސިޓީއަކަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

އެކަމަކު ބައެއް މީޑިއާތަކުގައި ބެޑްމިންޓަން އެސޯސިއޭޝަނާ ހަވާލާދީ ބުނެފައިވަނީ ނީލާއަށް ގައުމީ ޓީމުން ޖާގަ ގެއްލުނީ އަހްލާގީ މައްސަލައެއްގައި ކަމަށެވެ.

އެސޯސިއޭޝަންގެ ވާހަކަތައް ނީލާ ދޮގުކުރެއެވެ. ނީލާ ބުނާ ގޮތުގައި އޭނާގެ އަހްލާގީ މައްސަލައެއް ބަލާނަމަ އެސޯސިއޭޝަނުން އޭނާއަށް އެކަން އަންގަންވާނެއެވެ. އެކަމަކު އެސޯސިއޭޝަނުން ނީލާއަށް އެއްވެސް މައްސަލައެއް ބަލަމުންދާ ކަމަށް އަންގާފައި ނުވާ ކަމަށްވެސް ބުނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *