Ads by
ޚަބަރު
ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގެ އަޑު އެހުންތައް ނިންމާލައި، ހުކުމާއި ހަމައަށް

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލުހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

Ads by Eki Online

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާ ކުރުމުގެ ދައުވާ ވެސް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގައެވެ.

މިއަދު ހައިކޯޓުގައި އޮތް އަޑުއެހުމުގައި ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނޭ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ކްރިމިނަލް ކޯޓުން މައްސަލަ ބެލިއިރު، ދިފާއީ ހެކިތަކަށް ރިއާޔަތް ނުކުރަން ނިންމި ނިންމުމަކީ ގާނޫނީގޮތުން އެއްވެސް އަސާސެއް ނެތް ނިންމުމެއްކަމަށެވެ.

މީގެއިތުރުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށް ވެސް ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ.

މިއަދު ވަނީ އެ މައްސަލައިގައި ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލި ދައުވާގެ އަޑުއެހުންތައް ވެސް ނިންމާލާފައެވެ.

ޔާމީނަށް ދައުވާ ކުރީ 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ޔޫސުފް ނައީމް ހުށަހެޅުއްވުމުން އެ ފައިސާ ނަންގަވައި ލޯންޑާ ކުރެއްވި ކަމަށް ބުނެއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު، ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ ޔާމީންގެ މައްޗަށް ދައުވާ ސާބިތުކުރެވޭ ވަރުގެ ހެކި އެބަހުރި ކަމަށެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވާހަކަތައް ބިނާކޮށްފައިވާނީ ހެކި ގަރީނާގެ މައްޗަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަޑުއެހުންތައް ނިންމާލައިފައިވާކަން އިއުލާނު ކުރައްވަމުން ފަނޑިޔާރު ޝަފީއު ވިދާޅުވެފައި ވަނީ މި މައްސަލައިގައި އިތުރަށް ސާފުކުރަން ޖެހޭ ކަމެއް ނެތް ނަމަ، ދެން އޮންނާނީ ހުކުމް އިއްވުމުގެ މަޖިލީސް ކަމަށެވެ.

ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ. އޭނާ ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ.

ޔާމީން މިހާރު ހުރީ ރަށު ބަންދަށް ބަދަލުކޮށްފައެވެ.

އަދި މިކަމުގައި ހެކިބަސް ދިން ކުރީގެ ނައިބު ރައީސް އަދީބާއި ޒިޔަތަށް މައާފްދީ މިހާރު ވަނީ މިނިވަންކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *