Ads by
ޚަބަރު
ރޯދައިގެ ކުރިން މަޖިލިސް އިންތިހާބު ބާއްވަން އީސީން ކޮމެޓީއަށް ހުށަހަޅައިފި

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދަމަހުގެ ކުރިން ބޭއްވޭނެ ގޮތެއް އޮތްތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

Ads by Eki Online

މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަނުން މަޖިލިސް އިންތިހާބު ބޭއްވުމަށް ހުރި ދަތިތައް ކޮމިޓީއާ ހިއްސާކޮށްފައިވާއިރު، ޤާނޫނުގައިވާ ގޮތުން މަޖިލީހުގެ ދައުރު ހަމަވުމަށް 120 ދުވަސް ހަމަވާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭ މަޖިލިސް އިންތިހާބަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައި އެކަން އީސީން އަންގަންޖެހެ އެވެ.

މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން މަޖިލިސް އިންތިޚާބު ބާއްވައި އިންތިހާބާ ގުޅޭ ހުރިހާ ކަމެއް ނިންމަންޖެހޭއިރު، އެގޮތަށް ބަލާއިރު، މަޖިލިސް އިންތިޚާބާއި ގުޅޭ އެންމެހާ މަސައްކަތްތައް 2024 ގެ އޭޕްރީލް 28 ވަނަ ދުވަހަށް ނިންމަންޖެހޭނެއެވެ.

އީސީން ޙިއްޞާކުރި ކަންބޮޑުވުންތަކާއެކު އިންތިޚާބު ބާއްވަން ޤާނޫނުގައި ބުނާ މުއްދަތުތަަކަށް ބަދަލު ގެންނަން އީސީން ވަނީ މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި 2 ގޮތެއް ހުށަހަޅާފައެވެ.

އެގޮތުން، ފުރަތަމަ ގޮތަކީ ކެންޑިޑޭޓުންގެ ލިސްޓު އިޢުލާނުކުރުމަށްފަހު ވޯޓުލުމާ ދޭތެރޭ ދޭން ޤާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު 20 ދުވަހަށް ކުރު ކުރުމެވެ. އޭރުން ރޯދަމަސް ފެށުމުގެ ދެ ދުވަސް ކުރިން މާޗް 9، ވަނަ ދުވަހު މަޖިލިސް އިންތިޚާބު ބޭއްވިގެންދާނެއެވެ.

ދެވަނަ ގޮތަކަށް ހުށައަޅާފައިވަނީ، އިންތިޚާބު އިޢުލާނުކުރަންޖެހޭ ކަމަށް ޤާނޫނޫގައި ބުނާ 120 ދުވަހުގެ މުއްދަތު 140 ދުވަހަށް އިތުރުކުރުމެވެ. އޭރުން އިންތިޚާބު އަވަހަށް ބޭއްވުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް އީސީން ވިދާޅުވިއެވެ. މި ހުށަހެޅުންތަކާމެދު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަދި ވަކިގޮތެއް ނިންމާފައިނުވެއެވެ. ނަމަވެސް އިތުރަށް ބަހުސް ކުރުމަށްފަހު ގޮތެއް ނިންމަން ކޮމިޓީން ނިންމާފައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *