Ads by
ޚަބަރު
މަޖިލީހުގައި އެމްއެންޕީ ތަމްސީލްކުރުމުގެ ހައިސިއްޔަތު ގެއްލިއްޖެ

މަޖިލީހުގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ތަމްސީލްކުރުމުގެ ހައިސިއްޔަތު އެމްއެންޕީ އަށް ގެއްލިއްޖެއެވެ.

Ads by Eki Online

މަޖިލީހުގައި އެމްއެންޕީއަށް އޮތް ހައިސިއްޔަތު ގެއްލިފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރުކަމުން އަހުމަދު އުޝާމް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މަޖިލީހުގައި އެމްއެންޕީއަށް ނިސްބަތްވާ ތިއްބަވަނީ ތިން މެންބަރުންނެވެ. އެ މެންބަރުންނަކީ

  • ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
  • ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް
  • ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް

އުޝާމް މިހާރު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އަލަށް އުފެދުނު ސަރުކާރުގެ ބަންޑާރަ ނައިބުގެ މަގާމަށް ވަޑައިގަތުމަށްޓަކައެވެ.

މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައި ވަނީ މަޖިލީހަށް އިންތިޚާބުވުމަށް ފަހު ސިޔާސީ ޕާޓީއެއްގެ ނަމުގައި ތަމްސީލްކުރުމަށް އެދޭ މެންބަރުންގެ ޢަދަދު އެއްވެސް ވަގުތެއްގައި 3 މެންބަރުންނަށް ވުރެ މަދުވެއްޖެ ނަމަ އެ ޕާޓީއެއް މަޖިލީހުގައި ތަމްސީލްކުރުމަށް ލިބޭ ހައިސިއްޔަތު އެ ޕާޓީއަކަށް ގެއްލިގެންދާނެ ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *