Ads by
ޚަބަރު
ވަޒީރުންނަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި
ފޮޓޯ: ރައީށް ޢޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް މިއަދު ފޮނުވައިފިއެވެ.

Ads by Eki Online

ރައީސް އޮފީހުން މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ޢައްޔަންކޮށްފައިވާ 22 ބޭފުޅުންގެ ނަންފުޅު، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް މިއަދު ފޮނުއްވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް މި 22 މެންބަރުން ޢައްޔަނު ކުރައްވާފައިވަނީ 17 ނޮވެންބަރު 2023 ވީ ހުކުރުދުވަހުގެ ރޭ ރައީސް އޮފީހުގައި ބޭއްވި ބައްދަލްވުމެއްގައެވެ.

މަޖިލީހަށް އައްޔަންކޮށްފައިވާ 22 މެމްބަރުންނަކީ:

  1. ފިނޭންސް މިނިސްޓަރު – ޑރ. މުހައްމަދު ޝަފީގް
  2. ބަންޑާރަ ނައިބު – އަހްމަދު އުޝާމް
  3. ފޮރިން މިނިސްޓަރު – މޫސާ ޒަމީރު
  4. ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓްކެނޮލޮޖީ މިނިސްޓަރު – އަލީ އިހުސާން
  5. ޑިފެންސް މިނިސްޓަރު – ޣައްސާން މައުމޫން
  6. ހައުސިން އެންޑް އާބަން ޑެވޮލޮޕްމަންޓު މިނިސްޓަރު – ޑރ. އަލީ ހައިދަރު
  7. އިންފްރާސްޓްރަކްޗާ މިނިސްޓަރު – ޑރ. އަބްދުﷲ މުއްތަލިބް
  8. އިކޮނޮމިކް ޑިވޮލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު – މުހައްމަދު ސައީދު
  9. ހެލްތު މިނިސްޓަރު – ޑރ. އަބްދުﷲ ހަލީލް
  10. ޓޫރިޒަމް މިނިސްޓަރު – އިބްރާހިމް ފައިސަލް
  11. ލޯކަލް ގަވަނަންސް މިނިސްޓަރު – އާދަމް ޝަރީފް އުމަރު
  12. އެޑިއުކޭޝަން މިނިސްޓަރު – ޑރ. އިސްމާއިލް ޝަފީއު
  13. ހަޔަ އެޑިއުކޭޝަން މިނިސްޓަރު – ޑރ. މަރިޔަމް މާރިޔާ
  14. އިސްލާމިކް މިނިސްޓަރު – ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  15. ސްޕޯޓްސް މިނިސްޓަރު – އަބްދުﷲ ރާފިއު
  16. ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު – އިބްރާހިމް ވަހީދު (އަސްވާޑު)
  17. އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު – ޑރ. އައިޝަތު ރަމީލާ
  18. ޓްރާންސްޕޯޓް މިނިސްޓަރު – މުހައްމަދު އަމީން (ކެޕްޓަން އަމީން)
  19. ސޯޝަލް އެންޑް ފެމިލީ ޑިވޮލޮޕްމަންޓު މިނިސްޓަރު – ޑރ. އައިޝަތު ޝިހާމް
  20. ތިމާވެއްޓާ ބެހޭ މިނިސްޓަރު – ތޯރިގު އިބްރާހިމް
  21. ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު – އަހްމަދު ޝިޔާމް
  22. ބަހާއި ތާރީޚާއި ސަގާފަތާ ބެހޭ މިނިސްޓަރު – އާދަމް ނަސީރު އިބުރާހިމް
Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *