Ads by
ޚަބަރު
ރައީސް ޑރ. މުއިއްޒު ސިފައިންގެ އިސްވެރިނާއި ބައްދަލުކުރައްވައިފި
ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަންޑާރަކޮށްޓަށް ޒިޔާރަތް ކުރައްވައި ސިފައިންގެ އިސްވެރިންނާ ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވައިފިއެވެ.

Ads by Eki Online

އެމްއެންޑީއެފުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއަށް ދިވެހި ސިފައިން މަރުހަބާ ދެންނެވުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށެވެ.

ބަންޑާރަކޮށްޓަށް ކުރެއްވި ޒިޔާރަތުގައި ރައީސް ޑރ. މުޢިއްޒު ވަނީ އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ސީނިއާ އޮފިސަރުންނާއި ބައްދަލު ކުރައްވައިފައެވެ.

މިއީ ސިފައިންގެ މައި މަރުކަޒަށް ރައީސް ޑރ. މުޢިއްޒު ވަޑައިގެން ސިފައިންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

މިދިޔަ ހުކުރު ދުވަހު ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ރައީސް ޑރ. މުޢިއްޒު ގައުމާއި މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އެއްވެސް ބުރޫލެއް އެރިޔަ ނުދީ ދޫންޏެއް އޭގެ ހާލި ހިމާޔަތް ކުރާ ފަދައިން ގައުމު ހިމާޔަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *