Ads by
ޚަބަރު
މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރުމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ އަބްދުﷲ ވަކިކުރަން ހުށަހެޅި މައްސަލައާ ގުޅިގެން އޭނަ އަށް އެކަމުގެ ނޯޓިސް ފޮނުވައިފިއެވެ.

Ads by Eki Online

މި މައްސަލަ ހުށަހަޅާފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައި އޮތް އިރު އެ މައްސަލަ ކުރިއަށް ގެންދިއުމަށް އީވާ ހުރަސް އެޅުއްވުމާއި ގުޅިގެންނެވެ.

އީވާ މަޤާމުން ވަކި ކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަޖިލީހުގެ ތަޅުމަށް ޤަރާރު ހުށަހަޅާފައި ވަނީ 50 މެންބަރުންގެ ސޮޔާއެކުއެވެ. އިތުބާރު ނެތް ކަމުގެ މި މައްސަލައިގައި ސޮއި ކުރެއްވީ އެމްޑީޕީގެ 49 މެންބަރުންނާއި އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް މިހާރު އައްޔަކޮށްފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއްބައި މެންބަރުންނަށްވުރެ މަދު ނޫން މެންބަރުން (22 މެންބަރުން) ގެ ސޮޔާއެކުއެވެ.

ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޚަބަރު ސްޕޮންސަރ ކުރެއްވުމަށް 7252999 ގުޅާލައްވާ!
Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *