Ads by
ދުނިޔެ
އިޒްރޭލުން އަނެއްކާވެސް ޖެނިންއަށް ވަދެގަންނަނީ

އިޒްރޭލުގެ ދިފާއީ ބާރުން އަނެއްކާވެސް ހުޅަނގު އައްސޭރީގެ ޖެނިންއަށް ވަދެގަންނަން ރާވަމުން ގެންދާ ކަމަށް ޚަބަރުތައް ބުނަން ފަށައިފިއެވެ.

Ads by Eki Online

އިޒްރޭލާ ދެކޮޅަށް ހަމަލާތައް ރާވައި ޓެރަރިސްޓުން ތަމްރީންކުރަނީ ޖެނިންގައި ކަމަށް އިޒްރޭލުން ބުނެއެވެ. ޔަހޫދީ ސިފައިން މި މަހު ކުރީކޮޅު ޖެނިންއަށް ވަދެގަނެ ފަލަސްތީންގެ ކުށެއް ނެތް ގިނަބަޔަކު ވަނީ މަރާލާފައެވެ. މި ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ މީހަކު ވެސް ވަނީ މަރުވެފައެވެ. އިޒްރޭލުގެ ނޫސްތަކުން ބުނާ ގޮތުން އިޒްރޭލަށް ހަމަލާދިނުމަށް ޖެނިންގައި ތައްޔާރުވަމުން އެބަ ގެންދެއެވެ.

ގާޒާގައި ވެރިކަންކުރާ ހަމާސްއަށް ޖެނިން އިން ފުރުސަތު ނުދިނުމަކީ ވެސް ޔަހޫދީންގެ ވިސްނުމެކެވެ. ޖެނިންގެ މައްޗަށް ބާރުހިންގާ ޖަމާއަތްތައް ގިނަވުމުގެ ސަބަބުން އެ އަވަށް މިހާރު އޮންނަނި ގަވާއިދަކަށް ބޭނުންނުވާ ހާލުގައި ކަމަށް ވެސް ޔަހޫދީން ބުނެއެވެ. އެ މީހުން ދެކޭ ގޮތުގައި އެއީ ވެސް އިޒްރޭލަށް އޮތް މުހިންމު ފުރުސަތެކެވެ.

އިޒްރޭލުގެ ހަބަރުތައް ބުނާ ގޮތުން ޔަހޫދީ ސިފައިން ޖެނިންއަށް އަލުން ވަދެގަތް ނަމަވެސް ކުރިން ދިން ވަރުގެ ގެއްލުންތަކެއް ނުދޭނެއެވެ. ޓެރަރިސްޓުންނާ ހަނގުރާމަކޮށް ނުކުމުގެން ދާނީ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *