Ads by
ޚަބަރު
މައްޗަންގޮޅި ދެކުނު ދާއިރާގެ ތަރައްޤީއަށް ޒައިން: އަޒުމަކީ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ގާތުން މަސައްކަތް ކުރުން

މަޖިލިސް އިންތިޚާބުގެ ވޯޓުލުން ބޯމަތި ވެފައިވާއިރު ކެންޑިޑޭޓުންގެ ވައުދުތަކުގެ އަޑު ވެސް ދަނީ ގަދަވަމުންނެވެ. މައްޗަންގޮޅި ދެކުނު ދާއިރާގެ މަޖިލީހުގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ކުރިމަތިލާން ނިންމާފައިވާ މއ. ގުލްޝަންކިނާރާ އާގެ، ޢަބްދުﷲ ޒައިން ލަތީފްގެ އަޑުވެސް މަޑެއްނޫނެވެ.

Ads by Eki Online

ޒައިން އަކީ މައްޗަންގޮޅި ދެކުނު ދާއިރާއަށް އުފަން ދާއިރާގައި ދިރިއުޅޭ, ޢިލްމީ އަދި މަސައްކަތުގެ ދާއިރާގައި ތަޖުރިބާ ހުރި ޒުވާނެކެވެ. އެގޮތުން ސަރުކާރުގައްޔާއި މާލީ އެކި އެކި މުއްސަސާތަކުގައްޔާއި ޕްރައިވެޓް ސެކްޓަރގައި ވެސް ޒައިން ވަނީ މަސައްކަތް ކުރައްވާފައެވެ. ޒައިން ތަޢުލީމު ޙާސިލްކޮށްފައިވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ސްޓްރެޓަޖިކް ޕްލޭނިންގ ގެ ދާއިރާއިންނެވެ.

ޒައިން ގެންދަވަނީ އެނާގެ ވަރަށް ޅަ އިރުއް ސުރެން ފެށިގެން އިޖުތިމާޢީ ތަރައްގީއާއި ތަހުޒީބީ ކަންކަމުގައި އުޖާލާ މުޖުތަމައެއް ބިނާ ކުރެއްވުމުގައި އެކި ފެންވަރުގެ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަވަމުންނެވެ.

ޒައިން އަދި ކުރީގެ ހެލްތް މިނިސްޓަރ ނާޒިމް ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެކު

އިންތިޙާބަށް ވާދަކުރަން ނިންމި މައިގަނޑު ސަބަބުތަކުގެ ގޮތުގައި ޒައިން ފާހަގަކޮށްފައިވަނީ ދާއިރާ ތަމްސީލުކުރުމަށްޓަކައި ދާއިރާއަށް އުފަން، ދާއިރާގެ އިޙުސާސްތައް އެނގޭ މީހެއް މަޖިލީހަށް އިންތިހާބުކުރުމުގެ މުހިންމުކަމުން ކަމަށެވެ. އަދި އެ ދާއިރާގެ ފަރުދުންގެ މެދުގައި ގުޅުންބަދަހިކޮށް، އެކަކު އަނެކަކަށް އަޅާލާ އެކުވެރި، އުފާވެރި ރައްޔިތުންތަކެއް ދިރިއުޅޭ މާހައުލެއް ޤާއިމްކުރުމަށް މަސައްކަތްކުރުމަށެވެ.

އަޅުގަނޑަށް މި ފުރުސަތު ދެއްވާފިނަމަ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ދާއިރާގެ ރައްޔިތުންގެ އިހްސާސްތަށް އަހާ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތް ކުރާނަން

– ޒައިން ވިދާޅުވިއެވެ.

އަދި ލިބިފައިވާ ތަޢުލީމާއި ތަޖުރިބާގެ އަލީގައި މައްޗަންގޮޅި ދެކުނުދާއިރާއަށް ހިދުމަތްކުރުމާއި، ޑރ. މުޢިއްޒުގެ މެނިފެސްޓޯ ތަންފީޒުކޮށް، ދާއިރާގެ ތަރައްޤީއަށް ސަރުކާރާއި ގުޅިގެން މަސައްކަތްކޮށް އެދެވޭ ހެޔޮ ބަދަލެއް ގެނެސްދެވޭނެކަމުގެ ޔަޤީންކަން އޮތް ކަމަށް ވެސް ޒައިން ވިދާޅުވިއެވެ.

އުފަލެއްކަމުގައި ދެކިގެން މިކަމަށް ކުރިމަތިމިލަނީ މުޖުތަމަޢަށް ޚިދުމަތްކުރުމުގައި އިތުރުން އަޅުގަނޑުގެ ދާއިރާއަށް އޮތް ފުން ލޯތްބެއްގެ ބޮޑުކަމުން

– ޒައިން ވިދާޅުވިއެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ޒައިން ވަނީ ހާއްސަކޮށް މައްޗަންގޮޅީގައި ގިނަ މަސައްކަތްތަކެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށާއި ޕާޓީއަށް ކޮށްފައިއެވެ.

ޒައިންގެ އަޒުމަކީ، ހެޔޮ ބަދަލު ގެނެސްދެއްވުމެވެ. އެންމެނަށް ވެސް ދިރުމެއް ހުރި، ހުރިހައި އެންމެން ހިމެނޭ ތަނަވަސް މުޖުތަމައެއް އުފެއްދެވުމެވެ. ޒުވާނުންނަށް ފުރުސަތު ފަހިކޮށްދެއްވައި މިންތީ ހަމަހަމަކަން ގާއިމުކުރައްވައި ހަމަހަމަ ފުރުސަތުތައް ދެ ޖިންސަށް ވެސް ފަހިކޮށް ދެއްވުމެވެ. ކޮންމެ ފަރުދެއްގެ ޖުމުލަ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވާނެ ތައުލީމާއި ސިއްހީ ފަރުވާއާއި އިގުތިސާދީ ފުރުސަތުތައް އަދުލުވެރި ގޮތުގައި ފޯރުވައިދެއްވުމެވެ.

ޒައިންގެ އުންމީދުތައް ގިނައެވެ. ދާއިރާގެ ތަރައްގީއަށް ކުރަން ބޭނުންވާ ކަންކަން ކަރުދާހަށް އޮއްސާލުމަށްޓަކައި އޭނާ ތައްޔާރެވެ. ފާއިތުވި އަހަރުތަކުގައި ދާއިރާއަށް ނުލިބުނު ތަރައްގީ ހޯދައިދިނުމަށް މަޖިލިސް މެދުވެރިކޮށް މަސައްކަތް ކުރަން އޭނާ ހުރީ ކެތްމަދުވެފައެވެ.

އަޅުގަނޑުގެ އެދުމަކީ ހުރިހާ ބޭފުޅުން ވެސް މި ކަމުގައި ބައިވެރިވެ އަޅުގަނޑަށް ވޯޓުދީ ދާއިރާ ތަރައްގީ ކުރުމުގައި އެއްބާރުލުން ދިނުން

– ޒައިން ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *