Ads by
ދުނިޔެ
ކުއްލި ދަތުރެއްގައި އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ސައޫދީ އަރަބިއްޔާއަށް ވަޑައިގެންފި

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސުލިވާން ކުއްލި ދަތުރެއްގައި ސައޫދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ. ޖޭކް ސުލިވާންގެ ސައޫދީ އަަރަބިއްޔާއަށް ވަޑައިގެންނެވީ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމެވެ.

Ads by Eki Online

ވަރަށް ގިނައިން މިފަހުން އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުން އެކި އެކި ފަހަރުމަތިން ސައޫދީއަށް ގެންދަވަނީ ދަތުރުކުރައްވަމުން ނެވެ. މައިގަނޑު ބޭނުމަކީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި، ސަރަހައްދީ މަސްލަހަތު ހަމައަކަށް އެޅުވުން ކަމަށް ވިދާޅުވެއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވެސް ވަނީ ފާއިތުވި ޖޫން މަހު ސައޫދީއަށް ވަޑައިގެންފަ އެވެ. ބްލިންކެންގެ މި ދަތުރުގައި މެދުއިރުމަތީގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. ޖޭކް ސުލިވާން މި ވަގުތު ސައޫދީއަށް ވަޑައިގެން ގައުމުގެ އެންމެ ނުފޫޒުގަދަ ބޮޑުވަޒީރު ބިން ސަލްމާންއާ ބައްދަލުކުރެއްވުމުގައި ވެސް ދުނިޔެއަށް އެނގެން ނުޖެހޭ މަޝްވަރާތަކެއް އޮންނާނެއެވެ.

މެދުއިރުމަތީގައި ޗައިނާގެ ބާރުގަދަވުމާއި އަންނަ މަހު ސައުތު އެފްރިކާގައި އޮންނަ ބްރިކްސް ސަމިޓަކީ ވެސް އެމެރިކާއަށް އޮތް ކަންބޮޑުވުންތަކެކެވެ. ބްރިކްސް ސަމިޓްގައި ސައޫދީގެ ހިޔާލާ އެއްގޮތަށް ދުނިޔޭގެ މާލީ ނިޒާމު ޑޮލަރުން ވަކިކުރަން ކުރެވޭ މަޝްވަރާތަކަށް ނުފޫޒު ފޯރުވުމަކީ ވެސް އެމެރިކާ މިހާރު ކުރާނެ ކަމެކެވެ.

ދުނިޔޭގެ އިގުތިސާދުގައި ސައޫދީއަށް ކުރިއަރައިގެން ދާން އެދޭ ދުވެއްޔަށް އެމެރިކާގެ ސަބަބުން ހުރަސްއެޅުނަ ނުދެއްވާނެ ކަމަށް ބިން ސަލްމާން އޮތީ ވިދާޅުވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *