Ads by
ޚަބަރު
އިންޑިއާގެ 77 ސިފައިން ރާއްޖޭގައި އެބަތިބި, ބޭލުމުގެ މަސައްކަތް ފެށިގެން ކުރިއަށް: ސަރުކާރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް، ދިވެހިރާއްޖޭގައި ގާއިމްވެތިބީ އިންޑިއާގެ 77 ސިފައިން ކަމަށާއި އެސިފައިން ބޭލުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާކަމަށް މިއަދު ސަރުކާރުން ހާމަކޮށްފިއެވެ.

Ads by Eki Online

ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ އޮފީހުގެ އަންޑަރ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ވިދާޅުވީ، ސަރުކާރަށް މިހާތަނަށް ލިބުނު މައުލޫމާތު ތަކުން އެނގޭ ގޮތުން ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިންގެ އަދަދަކީ 77 ކަމަށެވެ.

ފިރުޒުލް ވިދާޅުވި ގޮތުގައި:

  • 24 ސިފައިން ތިބީ އިންޑިއާއިން ހަދިޔާކުރި އެއް ހެލިކޮޕްޓަރު ދުއްވަން
  • އަނެއް ހެލިކޮޕްޓަރު ދުއްވަން ތިބީ 26 ސިފައިން
  • ޑޯނިއާ މަތިންދާބޯޓު ދުއްވަން ތިބީ 25 ސިފައިން
  • މެއިންޓަނަންސް ފަދަ ކަންކަން ކުރުމަށް 2 ސިފައިން

ފިރުޒުލް އިތުރަށް ވިދާޅުވީ، ބޭރުގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމަކީ ދިވެހިން ބޭނުން ނުވާ ކަމެއް ކަމަށް ދިވެހި ރައްޔިތުން ނިންމާފައިވާއިރު، އައު ސަރުކާރުގެ މަސައްކަތް ބައްޓަން ވެފައިވަނީ އެ ނިންމުމާ އެއްގޮތަށް އަމަލު ކުރުމަށް ކަމަށެވެ. އަދި މިހާރުވެސް އެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

އިންޑިއާގެ 77 ސިފައިން ރާއްޖޭގައި އެބަތިބި ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފައިވާއިރު, އިންޑިއާގެ މިނިސްޓރަ އޮފް އަރތް ސައިންސެސް ކިރެން ރިޖިޖޫ އާއެކު ރައީސް އޮފީހުގައި އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެދިވަޑައިގެންފައެވެ.

ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޚަބަރު ސްޕޮންސަރ ކުރެއްވުމަށް 7252999 ގުޅާލައްވާ!
Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *