Ads by
ޚަބަރު
ފުރަތަމަ ހަ މަސްތެރޭ މީރާއަށް 12 ބިލިއަން ރުފިޔާ، 10 ޕަސެންޓު ކުރިއެރުމެއް

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިއަހަރުގެ ފުރަތަމަ ހަ މަސްތެރޭ އާމްދަނީގެ ގޮތުގައި 12.5 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

Ads by Eki Online

މި އަދަދަކީ ނިމިގެން ދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 11.3 ބިލިއަން ރުފިޔާއަށްވުރެ 10 ޕަސަންޓު އިތުރު އަދަދެކެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޑޮލަރުން ލިބުނު އާމްދަނީވެސް ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށްވުރެ މިއަހަރުގެ މި މުއްދަތުގައި އިތުރުވެފައެވެ. މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 487.9 މިލިއަން ޑޮލަރު ލިބުނުއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 462.4 މިލިއަން ޑޮލަރެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީއިންނެވެ. ޖީއެސްޓީ އިން ޖުމްލަ 6.87 ބިލިއަން ރުފިޔާ ލިބުނުއިރު މި އަދަދަކީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް ލިބުނު ޖުމްލަ އާމްދަނީގެ 55 ޕަސަންޓެވެ.

ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ދެވަނަ އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ އިންކަމް ޓެކްސްއިންނެވެ. އިންކަމް ޓެކްސް އިން 2.6 ބިލިއަން ރުފިޔާ ލިބުނުއިރު މިއީ އާމްދަނީގެ 20 ޕަސަންޓެވެ. ދައުލަތަށް ލިބުނު އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމާއި ޖީއެސްޓީ ރޭޓަށް ގެނެވުނު ބަދަލު ހިމެނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *