Ads by
ޚަބަރު
ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް މަޝްވަރާ ކުރަނީ

ރާއްޖެއަށް ލިބޭ ހައްޖު ކޯޓާތައް ހައްޖު ކޯޕަރޭޝަނަށް ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އާ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމު ވިދާޅުވީ ހައްޖަށް ގެންދިއުމަށް ކޯޓާއަށް ބޮޑު އަގުގައި ފައިސާ ނަގާ މައްސަލައަށް ހައްލެ ގެނުމަށްޓަކައި މިހާރު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިސަރުކާރުން އެކަމަށް ހައްލެއް ގެނައުމަށް ރާއްޖެއަށް ލިބޭ ހައްޖު ކޯޓާތައް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ވިސްނަމުން އަންނަ ކަމަށް ޝަހީމް ފާހަގަ ކުރެއްވިއެވެ. އޭރުން ސަރުކާރުން ކަނޑައަޅާ އުސޫލުގެ ތެރެއިން އެ މަސައްކަތް ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ އިތުރު ކުރުމަށް މިހާރުވެސް ރައީސް ޑރ. މުއިއްޒު މަސައްކަތް ފަށްޓަވާފައިވާ ކަމަށެވެ. އެގޮތުން މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ސައުދީ ވަފުދާ ބައްދަލުކުރައްވާ ހައްޖު ކޯޓާ މެދުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހައްޖަށް މީހުން ގެންދިއުމަށް މިހާރު ރާއްޖެއަށް ލިބެނީ 1000 ކޯޓާ އެވެ. މީގެ ތެރިން ބޮޑު ބައެއް ދެނީ ހައްޖު ކޯޕަރޭޝަންއަށެވެ. މިއަހަރު ވެސް 3 ކުންފުންޏަކަށް 270 ކޯޓާ ދީފައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *