Ads by
ދުނިޔެ
އުރުދުޣާން ރަސްމީ ދަތުރެއްގައި ސައުދީއަށް

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ގަލްފުގެ ތިން ގައުމަކަށް ކުރައްވާ ރަސްމީ ދަތުރެއްގައި ސައޫދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.

Ads by Eki Online

އުރުދުޣާން އަށް މަރުހަބާ ދެންނެވުން އޮތީ ޖިއްދާގައި ހުންނަ އައްސަލާމް ގަނޑުވަރުގައެވެ. އުރުދުޣާން ސައޫދީއަށް ވަޑައިގެން އުޅުއްވަނީ މެއި 28 ގައި ތުރުކީގައި އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ފަހު ގަލްފަށް ކުރައްވާ ފުތަމަ ދަތުރުގެ ބައެއްގެ ގޮތުގައެވެ. ސައުދީއަށް ފަހު އުރުދުޣާން ދެން ވަޑައިގަންނަވާނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށާއި ގަތަރަށެވެ.

ސައޫދީ އާއި ތުރުކީއާ ދެމެދު ކުރި ރަސްމީ މަޝްވަރާތަކުގެ ތެރެއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި އެއްގައުމުން އަނެއް ގައުމުގައި އިންވެސްޓްކުރުމާ ބެހޭ ގޮތުން ވަލީއަހުދާއި އުރުދުޣާން މަޝްވަރާކުރެއްވި ކަމަށް ސައޫދީގެ ނޫސް އޭޖެންސީން ބުނެއެވެ. ތުރުކީ އާއި ސައުދީއާ ދެމެދު ހަކަތަ އާއި ރައްކާތެރިކަން އަދި އުފެއްދުންތެރިކަމާ ބެހޭ ގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

އުރުދުޣާން ވަނީ ތުރުކީގައި އުފައްދާ ކަރަންޓް ކާރުގެ ދެ ކާރު ސަލްމާން ރަސްގެފާނަށާއި ވަލީއަހުދު އެމްބީއެސް އަށް ހަދިޔާކުރައްވާފައެވެ. އުރުދުޣާން އާއި އެމްބީއެސްގެ މަޝްވަރާތަކުގައި ދުނިޔޭގެ މަސްރަހަށް ބައްލާވާލެއްވި ކަމަށް ނޫސް އޭޖެންސީން ބުނެއެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *