Ads by
ޚަބަރު
މަޖިލީހުން ހުސްވި ދާއިރާތުގެ ބައި އިލެކްޝަނެއް ނުބާއްވާނެ!

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 6 ދާއިރާއެއްގެ ގޮނޑި މިހާރު ވަނީ ހުސްވެފައެވެ. ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން ހޮވުމަށްޓަކައި ބައި-އިލެކްޝަނެއް ނުބާއްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

Ads by Eki Online

މި ގޮނޑިތައް ހުސްވެފައިވަނީ އެ ގޮނޑިތައް ތަމްޞީލްކުރައްވަމުން ގެންދެވި މެންބަރުން އިސްތިއުފާދެއްވާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ޢައްޔަނުކުރެއްވުމާއި ގުޅިގެންނެވެ.

އިލެކްޝްންސް ކޮމިޝަނުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވުމުގެ ސަބަބުން އެ ގޮނޑިތަކަށް މެންބަރު އަލުން އިންތިޚާބު ކުރުމަށްޓަކައި ޤާނޫނުގައި ބުނާ މުއްދަތެއް ނުލިބޭކަމަށެވެ. އެހެންކަމުން އެ ދާއިރާތަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ބައި-އިލެކްޝަނެއް ނުބާއްވާނެކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކެބިނެޓަށް އައްޔަންކޮށްފައިވާ މަޖިލިސް މެންބަރުން:

  • ނައިބު ރައީސް – ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުޙައްމަދު ލަތީފް
  • މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް – ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް
  • މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް – މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު
  • މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް – މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް
  • މިނިސްޓަރ އޮފް ޑިފެންސް – ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން
  • އެޓަރނީ ޖެނެރަލް – ވިލިމާލޭ ދާއިރާގެ މެންބަރު އަލްއުސްތާޛު އަޙްމަދު އުޝާމް

އަންނަ އަހަރުގެ ކުރީކޮޅު 20 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބު އޮންނާނެއެވެ. ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވާ ތާރިީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިޚާބު ކުރަންވާނެކަމަށެވެ. ނަމަވެސް މެންބަރުކަމުގެ ގޮނޑި ހުސްވާ ތާރިޚުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށްއޮތް ޢާންމު އިންތިޚާބާ ދެމެދު އޮތީ 6 މަސް ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްކަމުގައިވާނަމަ ހުސްވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކޮށްގެން ނުވާނެކަމަށް ޤާނޫނު އަސާސީގައި ބަޔާންކުރެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *