Ads by
ޚަބަރު
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ގެންދަން ދިވެހި ސަރުކާރުން ރަސްމީކޮށް އެދިއްޖެ

ދިވެހި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފިއެވެ.

Ads by Eki Online

ރައީސް އޮފީހުން ހާމަކުރިގޮތުގައި މިކަމަށް އެދިވަޑައިގަތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ މިނިސްޓަރ އޮފް އަރތް ސައިންސެސް، ކިރެން ރިޖިޖޫ އާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ޑރ. މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ އެކަން ކުރާނީ ޑިޕްލޮމެސީގެ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އިންޑިއާ ސިފައިން ރާއްޖެ އިން ފޮނުވާލުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ވައުދެކެވެ.

ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ބޭލުމަށް ކުރަން ޖެހޭ މަސައްކަތް ފެށުމަކީ ޑރ. މުޢިއްޒުގެ 100 ދުވަހުގެ ވައުދު ލިސްޓްގައިވެސް ހިމެނޭކަމެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ބޭބެ3 މަސް ކުރިން

ރާއްޖޭގަ ނެތް ބަޔަކު ކިހިނެއް ފޮނުވާލާނީ

0
0