Ads by
ޚަބަރު
ޣައްސާންއަށް މިނިސްޓަރުކަން ދެއްވުމުން މައުމޫންގެ ޝުކުރު ރައީސް ޑރ. މުއިއްޒަށް

ހަގު ފިރިހެން ދަރިކަލުން ޣައްސާން މައުމޫނަށް ވަޒީރުކަން ދެއްވުމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ދަންނަވައިފިއެވެ.

Ads by Eki Online

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ އެންމެ މުހިއްމު އެއް ވަޒީރުކަމުގެ މަގާމުކަމުގައިވާ ޑިފެންސް މިނިސްޓަރ ކަމަށް އައްޔަން ކުރައްވާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަގު ފިރިހެން ދަރިކަލުން މުހައްމަދު ޣައްސާން މައުމޫންއެވެ.

ޣައްސާނަށް ވަޒީރުކަން ދެއްވުމުން، މައުމޫންވަނީ އެކްސްގައި ކުރެއްވި ޕޯސްޓްއެއްގައި ރައީސް ޑރ. މުއިއްޒުއަށް ޝުކުރު އަދާކުރައްވައި އަދި ގައްސާން އިރުބާރާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ވަޒީރުކަމަށް ރޭ ޣައްސާން މައުމޫން އައްޔަން ކުރެއްވިއިރު، ޣައްސާން މީގެ ކުރިން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާ މެންބަރުކަމިގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ޑިފެންސް މިނިސް7 މަސް ކުރިން

ކުރިންވެސް ވީގޮތަކީ ވެރިކަމަށް ދަހިލެވީ. ދެންޖެހުނީ ފިސްތޯލައެއްގެ މަޅީގަ...

0
0
ޝުކުރު7 މަސް ކުރިން

އަދިވެސް ހާދަ އަމިއްލަ އެދުން ބޮޑޭދޯ

0
0