Ads by
ޚަބަރު
އިންޑިޔާއާއި އެކު އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ފޮރިން މިނިސްޓަރ ޒަމީރު

ހުރި ކަންބޮޑުވުންތަކަށް އިންޑިއާއި އެކު ގުޅިގެން މަސައްކަތްކޮށް ހައްލު ހޯދުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރުގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

Ads by Eki Online

މިނިސްޓަރ ޒަމީރު މިފަދައިން ވިދާޅުވެފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެކްސް ގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރުގެ ޕޯސްޓުގައި ޒަމީރަށް މަރުހަބާ ވިދާޅުވެ ވަނީ މަސްލަހަތު ހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

އެ ޕޯސްޓާއި ގުޅިގެން ޒަމީރު ވެސް ވިދާލުވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހި ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކަންބޮޑުވުން ހުރި ކަންކަމުގައިވެސް ގުޅިގެން މަސައްކަތް ކުރައްވާނެކަން ފާހަގަ ކުރެއްވިއެވެ.

ރައީސް މުޢިއްޒު އަބަދުވެސް ވިދާޅުވަމުން ގެންދެވީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލާނީ ޑިޕްލޮމަަސީގެ ރީތި އުސޫލުގެ ތެރެއިން ސުލްހަވެރިކަމާ އެކު ކަމަށެވެ.

ފޮރިން މިނިސްޓަރު ޒަމީރު މިފަދައިން ވިދާޅުވިއިރު މި ސަރުކާރުގެ ފޮރިން ޕޮލިސީއަކަށް ވާނީ “ޕްރޯ މޯލްޑިވްސް” ސިޔާސަތެއް ކަމަށް ކެމްޕޭނުގެ ތެރޭގައި ވެސް ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ޖާނޭ3 މަސް ކުރިން

އިންޑިއާ އައުޓު ގުލުންނުބާއްވާ ބޭސްފަރުވާ ލިންކާއަށް

0
0