އިންގްލެންޑް އަދި ރެއާލް މެޑްރިޑްގެ ޒުވާން ހުނަރުވެރި މިޑްފީލްޑަރު ޖޫޑް ބެލިންހަމް އަށް 2023 ވަނަ އަހަރުގެ ގޯލްޑަން ބޯއީ އެވޯޑް ލިބިއްޖެއެވެ.
ގޯލްޑަން ބޯއީ އެވޯޑަކީ، ޔޫރަޕްގެ ގަދަ ލީގުތަކުން 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑްއެކެވެ.
މި އެވޯޑް ބެލިންހަމަށް ލިބިފައިވަނީ އޮކްޓޯބަރު މަހު ބޭއްވި ބެލޮންޑިއޯ ހަފްލާގައި ދުނިޔޭގެ ފުޓްބޯޅައިގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް އޭނާއަށް ލިބުމަށްފަހުއެވެ.
20 އަހަރުގެ ބެލިންހަމް ބޮރޫޝިއާ ޑޯޓްމަންޑުން ރެއާލަށް ބަދަލުވުމަށްފަހު އޭނާ ވަނީ ކުޅުނު 14 މެޗުގައި 13 ގޯލް ޖަހައިދީފައެވެ.

ކިޔުންތެރިންގެ ޚިޔާލު